Advertisement
ކ. މާލެ
|
1 މާރޗް 2023 | ބުދަ 10:41
ސަވާދިީއްތަ ދަތުރު
ސަވާދިީއްތަ ދަތުރު
ރާއްޖެއެމްވީ
ސަވާދިީއްތަ ދަތުރު
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
"ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަންގައި ރާއްޖެ އަށް ރެޖިސްޓްރީކޮށްފައިވާ 2 އުޅަނދު ބައިވެރިވޭ
މި ދަތުރުގެ މި ފަހަރުގެ ތީމްގައި ރާއްޖޭގައި ކުޅޭ އެކި ކުޅިވަރުތަކާއި ރާއްޖޭގެ ކާބޯތަކެތި އިސްތިހާރު ކުރަން ވަނީ ހަމަޖެހިފައި

ލޯކަލް ޓުއަރިޒަމް އަށް ހާއްސަކޮށްގެން އެމްއައިޓީޑީސީ އިން އިންތިޒާމްކުރާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން ފަށައިފިއެވެ.

14 ޔޮޓާއެކު "ސަވާދީއްތަ ދަތުރު"ގެ ދެވަނަ އެޑިޝަން ފަށާފައި ވަނީ ބުދަ ދުވަހު، ނ.ލަންދޫ އިންނެވެ. އެ ހަރަކާތް ފެށުން ރަސްމީކޮށް އިއުލާންކޮށްދެއްވީ މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދުއެވެ. ލަންދޫގައި ސަވާދިީއްތަ ދަތުރު ފެށުމުގެ ގޮތުން ކުލަގަދަ ހަރަތާތްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ސަވާދިީއްތަ ހަފްލާއެއް ބާއްވާފައިވާއިރު އެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމްއެވެ. އެމަނިކުފާނުގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވެސް ވަނީ އެ ހަފްލާގައި ބައިވެރިވަޑައިގަންނަވާފައެވެ. އެ ހަރަކާތުގެ ބައިވެރިންނަށް މަރުޚަބާ ކިޔާފައި ވަނީ ސަޤާފީ ހަރަކާތާއި ބޮޑުބެރާއި އެކުގައެވެ.

Advertisement

"ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަންގައި ރާއްޖެއަށް ރެޖިސްޓްރީކޮށްފައިވާ 2 އުޅަނދު ބައިވެރިވެއެވެ. އަދި މި ދަތުރުގައި 9 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަވާދީއްތައިގެ މި އެޑިޝަންގައި 7 ގައުމަކަށް ރެޖިސްޓްރީކޮށްފައިވާ ޔޮޓްތައް ހިމެނެއެވެ. އަދި 13 ގައުމަކުން މީހުން ބައިވެރިވެއެވެ. މި ފަހަރުގެ ދަތުރުގައި ޒިޔާރަތްކުރާ ރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިލިއެވެ. ލަންދޫއިން ވަނީ މި ހަރަކާތުގެ ބައިވެރިންނަށް މަރުޚަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މި ދަތުރުގެ މި ފަހަރުގެ ތީމްގައި ރާއްޖޭގައި ކުޅޭ އެކި ކުޅިވަރުތަކާއި ރާއްޖޭގެ ކާބޯތަކެތި އިސްތިހާރު ކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގެ ތެރެއިން ރާއްޖޭގައި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ފަތުރުވެރިންނަށް ވެސް ރާއްޖެ ތަޖުރިބާ ކުރެވޭނެކަން ދައްކުވައިދޭނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް