Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 15:31
ރައީސް ޑރ.މުހައްމަދު މުއިއްޒު ހދ. ނައިވާދޫއަށް ވަޑައިގެންނެވުން / 25.08.2025
ރައީސް ޑރ.މުހައްމަދު މުއިއްޒު ހދ. ނައިވާދޫއަށް ވަޑައިގެންނެވުން / 25.08.2025
ރައީސް އޮފީސް
ފަތުރުވެރިކަން
ހދ.އަތޮޅުގައި އެއްވެސް ބަޔަކަށް ޓޫރިޒަމް ނުހިންގޭ، ނަމަވެސް މި ސަރުކާރުން އެ އަތޮޅުގައި ޓޫރިޒަމް ފައްކާކުރާނަން: ރައީސް މުއިއްޒު
ނާގޯށީގެ މަސައްކަތް ފެށުމަށް އެމްޓީޑީސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން
މި ސިނާއަތް ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައި
ލޯކަލް ޓޫރިޒަމް ކުރިއަރުވަން ބޭނުންވޭ

ހދ.އަތޮޅުގައި އެއްވެސް ބަޔަކަށް ޓޫރިޒަމް ނުހިންގޭ ކަމަށާއި، ނަމަވެސް މި ސަރުކާރުން މި ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާކަމާ އެކީގަ ހިނގާ އަތޮޅަކަށް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނު ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މި އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

މިއީ މިހާތަނަށް މިއަތޮޅުގައި ނުވެފައި އޮތް ކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ބަޔަކަށް ޓޫރިޒަމް މިރަށުގައި ހިނގާނެ ގޮތެއް ނުހެދޭ ކަމަށާއި، ނަމަވެސް މި ސިނާއަތް ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެއީ މިއަތޮޅާއި، ޓޫރިޒަމް ވަރަށް މަދު އެހެން އަތޮޅުތައް ހިމެނޭ ގޮތަށް މިހާރު ވާނެ އިންވެސްޓަރުންނަށް ހޮޅުވާލާފައި ވަރަށް ބޮޑެތި ލުއިތަކެއް އިންވެސްޓް ކުރާ ފަރާތަށް ވަރަށް ބޮޑެތި އިންޓެންސިވްތަކެއް ދީފައި. ޑިސްކައުންޓްތަކެއް ދީފައި. އިއުލާންކޮށްފައި އޮންނާނީ. މިއަތޮޅުން ވެސް ވަރަށް ގިނަ ފަޅުތަކާއި، ފަޅުފަޅުން ބަޔާއި، މިކަހަލަ ތަންތަން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 10 ވަރަކަށް ސަރަހައްދު ހިމެނޭ ގޮތަށް މިއަތޮޅުތެރެއިން ވާނެ އިއުލާންކޮށްފައި ފަޅުތައް ގިނައިން. މިހާރު ބިޑަށް ހުޅުވާލެވިފައިވަނީ. އޯޕަން ޓެންޑަރިންނާއި ކްލޯސް ބިޑިންއަށް ހުޅުވާލެވިފައި އެއޮތީ. މިދެންނެވި ޑިސްކައުންޓްތަކާއެކު. މިހާރު ބައެއް ފަރާތްތަކުން ބައެއް ސަރަހައްދުތަކަށް ނޫނިއްޔާ ބައެއްތަންތަނަށް މައުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމަށް އެކުރަންޖެހޭ ކަންކަން އެބަ ހިނގާ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމްޓީޑީސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމްޓީޑީސީއަށް ނާގޯށި ދިނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2016 ވަނަ އަހަރާ ހަމައަށް ނިންމުނީ އެ ރިސޯޓުގެ 37 އިންސައްތައެވެ. އޭގެފަހުން ރަޝިއާގެ ކޮންޓްރެކްޓަރަކާ 2007 ވަނަ އަހަރު، އަދި ދުބާއީގެ ކޮންޓްރެކްޓަރަކާ 2021 ވަނަ އަހަރު އެ ރަށް ހަވާލުކުރި ނަމަވެސް މަސައްކަތް ކޮށްފައިނުވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަމާޒަކީ ހދ.އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްގީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ.

- ކޮމެންޓް