Advertisement
ކ. މާލެ
|
1 މާރޗް 2023 | ބުދަ 08:21
ޖޫސް ޓައިމަށް ހަމާލާދިނުން
ޖޫސް ޓައިމަށް ހަމާލާދިނުން
ރާއްޖެއެމްވީ
ޖޫސްޓައިމަށް ދިން ހަމަލާ
ޖޫސްޓައިމަށް ދިން ހަމަލާ: އެޕާޓްމަންޓެއް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން 7 މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ އެޕާޓްމަންޓް ތެރެއިން މާރާމާރީ ހިންގަން ބޭނުންކުރާ ތަކެތި ފެނިފައިވޭ
ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ
ޖޫސްޓައިމަށް ހަމަލާ ދިނީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން އައި ދެ މީހެއް

ޖޫސްޓައިމަށް ދިން ހަމަލާއާއި ގުޅިގެން، ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސްޓައިމްއަށް ބަޔަކު ބަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށާއި، މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ޖޫސް ޓައިމަށް މޫނު ނިވާ ކޮށްގެން ވަދެ، އެތަނަށް މަރުތޭލުން ހަމަލާދިން އެކަކު މީގެ ކުރިން ހައްޔަރު ކޮށްފައިވެއެވެ. ޖޫސްޓައިމަށް ހަމަލާ ދިނީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ.

ހުޅުމާލޭގައި ޖޫސް ޓައިމް ހިންގަމުން އަންނަތާ 4 އަހަރު ވެފައިވާއިރު އެތަނަށް މިއީ މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ތަނުގައި ހުރި ދެ ކޮފީ މެޝިނާއި އެއް ސައި ގިރާ މެޝިނަކާއި ފްރިޖަށާއި މައިކްރޯވޭވް އަށް ވަނީ ގެއްލުންދީފައެވެ. އަދި ހެދިކާ އަޅާ ކައުންޓަރު ވެސް ވަނީ ހަލާކުކޮށްފައެވެ. މީގެއިތުރުން ދޮރަށް ވެސް ހުރީ ގެއްލުންދީފައެވެ. ތަނުގެ ތަކެއްޗަށް ދިން ގެއްލުމުގެ އަގު ދެލައްކަ ރުފިޔާއަށް ވުރެން މަތިކަމަށް މައުލޫމާތުލިބެއެވެ.

މިތަން ހިންގުމަކީ އުމުރުން 53 އަހަރުގެ އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި ކުރާ ހަމައެކަނި މަސައްކަތެވެ. އެ އަންހެން މީހާގެ އާއިލާގެ ޚަރަދުތައް ހަމަޖައްސަނީ އެތަނުން ލިބޭ ފައިސާއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް