ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 09:57
 ޓޮއިލެޓް، އެކް ޕްރޭމްކަތާގެ ޕޯސްޓަރެއް
 ޓޮއިލެޓް، އެކް ޕްރޭމްކަތާގެ ޕޯސްޓަރެއް
ގޫގުލް
 "ޓޮއިލެޓް، އެކް ޕްރޭމްކަތާ"
 "ޓޮއިލެޓް، އެކް ޕްރޭމްކަތާ": ފުރަތަމަ ޓްރެއިލާ ކާމިޔާބު
މިފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގައި

އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އެކް ޕްރޭމްކަތާ" ގެ ފުރަތަމަ ޓްރެއިލާ ނިކުތުމާ އެކު އިންޑިއާގެ ރައްޔިތުންގެ ސަޕޯޓް އެއަށް އޮހެން ފަށައިފިއެވެ.

އެ ޓްރެއިލާ ނެރުމާ އެކު "ޓޮއިލެޓް: އެކް ޕްރޭމްކަތާ" ވާނީ އިންޑިއާގެ ހުރިހާ އުމުރުފުރާއެއްގެ ހުރިހާ ރައްޔިތުންނާ ވެސް ގުޅޭނެ ފިލްމެއް ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

"ޓޮއިލެޓް: އެކް ޕްރޭމްކަތާ" އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ސްވަޗް ބާރަތު"(ސާފު އިންޑިއާ) ގެ ކެމްޕޭނަށް ފަސޭހަވެގެންދާނޭ ފިލްމެއް ކަމަށް ވެއެވެ.

އެއީ "ސްވަޗް ބާރަތު" ގެ ކެމްޕޭނުގައި ހިމެނޭ އިންޑިއާގެ އެކި  އަވަށްތަކުގައި އެތަކެއް ހާސް ފާހާނާ ގާއިމުކޮށްދިނުމަށް މޯދީ ވެފައިވާ ވައުދު ޕްރޮމޯޓްކޮށްދޭނެ ފިލްމެކަށް ވާތީއެވެ.

މިފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގައެވެ.

ޝްރީ ނަރަޔަން ސިންގު ޑައިރެކްޓް ކޮށްފައިވާ  ކޯޕްރޮޑިއުސް ކޮށްފައިވަނީ އަކްޝޭ ކުމާރާއި ނީރާޖް ޕާންޑޭއެވެ. މި ފިލްމުގެ ލީޑުރޯލުން ފެނިގެންދަނީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާއެވެ. މިއީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާގެ ފުރަތަމަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް