ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 22:38
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު ހިންގުން ކުރީގެ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް
ކްރިމިނަލް ކޯޓުގެ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި

ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތް، ކްރިމިނަލް ކޯޓް ހިންގުމަށް ޓަކައި ސަރުކާރުން މިހާރު ދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ޑީޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓައިލައި ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި، ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި، ޝިފްޓް ޑިއުޓީގެ އުސޫލުން ކުރާ ގޮތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފައިވާ ކަމަށެވެ. އެ ގޮތަށް އެ ކޮމިޝަނުން ނިންމަވައިފައިވަނީ، ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ އިމާރާތަކަށްވެފައި، އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތަށް ބަލާއިރު ވެސް އެހާ ރައްކާތެރި ގޮތަކަށް ނުވާތީ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން އިތުރަށް ބުނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޖޭއެސްސީ އާއި ޑީޖޭއޭއިން އެންމެ އިސްކަން ދޭ ކަންތައް ކަމަށެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް