ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 16:20
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
ހަށިވިއްކުން
ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި ބިދޭސީ ދެ އަންހެނުން ޑީޕޯޓްކޮށްލަނީ
ހަށިވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ ވަނީ ދޫކޮށްލާފައި

ހަށިވިއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބިދޭސީ ދެ އަންހެނުން ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ހަށިވިއްކާކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރޯޅި ގެސްޓުހައުސް ބަލައި ފާސްކޮށް ފުލުހުން ވަނީ، 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށްވެސް ފުލުހުން އޭރު ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު ދިވެހި ފިރިހެން މީހާ ދޫކޮށްލިއެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދިންއިރު ބިދޭސީ ދެ އަންހެނުންގެ ބަންދަށް ދިނީ އެއް ދުވަހުގެ މުއްދަތެކެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބިދޭސީ ދެ އަންހެނުން ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ. ފުލުހުން އެ ދެ މީހުން ޑީޕޯޓްކުރަން އަންގާފައިވާކަމެއް އޮފިޝަލް ވިދާޅެއްނުވެއެވެ. އެހެންނަމަވެސް ކަށަވަރުވެފައިވާ ގޮތުގައި އެ ދެ މީހުން އިމިގްރޭޝަނާ ހަވާލުކުރީ ޑީޕޯޓް ކޮށްލަން އެންގުމަށްފަހުގައެވެ.

ސްޕާތައް ހަދައިގެން މަސާޖުކޮށްދިނުމުގެ ނަމުގައި ހަށިވިއްކުމާއި އަދި ފާޅުގައި ހަށިވިއްކުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
28 ފެބްރުއަރީ 2023 | އަންގާރަ 21:39
އަހްމަދު
ދެން ކޮބާ ހަށި ގަތް މީހުން