ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 09:00
އިމްރާން ހާޝިމީ
އިމްރާން ހާޝިމީ
އިންޑިއަން އެކްސްޕްރެސް
އިމްރާން ހާޝިމީ
އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި
އިމްރާންގެ ދަރިއަށް ވަނީ ކެންސަރު ޖެހި ރަނގަޅުވެފައި

ބޮލީވުޑްގެ ފިލްމީތަރި އިމްރާން ހާޝިމީ ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މީގެ ކުރިން އިމްރާން ވަނީ ކެންސަރާއ ބެހޭ ފޮތެއް ލިޔެފައެވެ. އިމްރާންގެ ދަރި އަޔާންއަކީ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ކުއްޖެކެވެ. އިމްރާނުގެ ދަރި އަޔާން އުފަންވެފައި ވަނީ 2010 ވަނަ އަހަރުއެވެ. އަޔާން އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ފުރަތަމަ ސްޓޭޖުގައި 2014 ވަނަ އަހަރުގައެވެ. އެއާއެކު އަޔާން އެމެރިކާ އަށް ގެންގޮސް ދިން ކާމިޔާބު ފަރުވާތަކާ އެކު، ބަލިން މުޅިން ވަނީ ސަލާމަތްވެފައެވެ.

އިމްރާންގެ ދަރި އަޔާން އަށް  ކެންސަރު ޖެހި، އެ ބައްޔާ ހަނގުރާމަކޮށް ބަލިން މުޅި ސަލާމަތް ވާން ކުރި މަސައްކަތް ބަޔާންކޮށް އޭނާ ލިޔުނު ފޮތުގެ ނަމަކީ  "ދަ ކިސް އޮފް ލައިފް: ހައު އަ ސްޕަހީރޯ އެންޑް މައި ސަން ޑިފީޓެޑް ކެންސަ" އެވެ. އެ ފޮތް ލޯންޗު ކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ.

އިންޑިއާގެ އެންމެ ބޮޑު ޕަބްލިޝް ހައުސް ޕެންގްއިންއާ ގުޅިގެން އިމްރާން ލިއުނު "ދަ ކިސް އޮފް ލައިފް: ހައު އަ ސްޕަހީރޯ އެންޑް މައި ސަން ޑިފީޓެޑް ކެންސަ" އަސްލަކަށް ބަލައިގެން ހަދާ މިފިލްމުގެ މަސައްކަތް ފަށާފައި ވާކަމަށް އިމްރާން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިމްރާން ކޮށްފައިވާ ޓްވީޓްގައި ބުނީ ޑޮކިއުމެންޓްރީގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭނާ ބޭނުންވަނީ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ކަމަށެވެ. އިމްރާނުގެ އެ ފޮތުގައި ދަރިފުޅަށް ކެންސަރު ޖެހުމުން އޭނާއަށް ކުރެވުނު ހިތްދަތި ތަޖުރިބާ އާއި ކުރަން ޖެހުނު މަސައްކަތާއި ލިބުނު ހިތްވަރު އިމްރާން ވަނީ އޭނާ ލިއުނު ފޮތުގައި އަލި އަޅުވާލައިފަ އެވެ.

ޑޮކިއުމެންޓްރީ ހަދަން ފެށި ވާހަކަ ޓްވީޓްކޮށްފައި ވީނަމަވެސް އެ ނިމޭނެ ތާރީޚެއް އިމްރާން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް