ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 23:32
ތ. ބުރުނި
ތ. ބުރުނި
ބުރުނީގައި މީހަކު މަރުވުން
ރުކެއް ވައްޓަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ
މި ހާދިސާގައި 3 މީހަކަށް އަނިޔާވި
މަރުވި މީހާގެ ހަށިގަނޑާއި، އަނިޔާވި 3 މީހުން މާލެ ގެނައުމަށް ދަނީ މަސައްކަތްކުރަމުން

ތ. ބުރުނީގައި ރުކެއް ވައްޓާލައި އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެކަކު މަރުވެފައިވާއިރު 3 މީހަކަށް އަނިޔާވެފައިވާކަމަށެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 16:44 ގައެވެ.

އަނިޔާވި 3 މީހުންނަށް ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ ފަރުވާދެމުންދާ 3 މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސްކަމަށް ކަމަށެވެ.

Advertisement

ނިޔާވި މީހާގެ ހަށިގަނޑާއި، އަނިޔާވި 3 މީހުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އެމްޓީސީސީގެ ބިދޭސީ މުވައްޒަފުންތަކަކަށެވެ. އަދި ހާދިސާގައި މަރުވި މީހާއަކީވެސް ބިދޭސީ މުވައްޒަފެއް ކަމަށް މައުލޫމާތުލިބެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް