ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 16:55
ފުލުހުން ޓޭޒަރ ގަންއާއެކު
ފުލުހުން ޓޭޒަރ ގަންއާއެކު
ޕޮލިސް
ޓޭޒަރ ގަން ބޭނުންކުރަން ފެށުން
ޓޭޒަރ ގަން ބޭނުންކުރަން ފަށައިފި
ބަޑި ބޭނުންކުރާ އޮފިސަރުންނަކީ ބަޑި ބޭނުން ކުރާގޮތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޓްރެއިނިން ނިންމައި، ސެޓިފިކެޓް ހާސިލް ކޮށްފައިވާ އޮފިސަރުން

ދިވެހި ފުލުހުންގެ ޚިދުމަތުން ޓޭޒަރ ގަން ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެޒަރ ގަން ބޭނުން ކުރަން ފަށާފައިވަނީ މާލޭގައި ކަމަށެވެ. އެގޮތުން ސަރޖެންޓުންނާއި ރޭންކް އޮފިސަރުންނަށްވުރެ މަތީ އޮފިސަރުންނަށް މި ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވިގޮތުގައި މި ބަޑި ބޭނުންކުރާ އޮފިސަރުންނަކީ ބަޑި ބޭނުން ކުރާގޮތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޓްރެއިނިން ނިންމައި، ސެޓިފިކެޓް ހާސިލް ކޮށްފައިވާ އޮފިސަރުންކަމަށެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވީ މިއީ ރައްޔިތުންނާއި ފުލުހުންނަށްވެސް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ތައާރަފުކުރާ ޚިދުމަތެއް ކަމަށެވެ. އަދި މިއީ ފުލުހުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކޮށް، ކުށް މަދު މުޖުތަމައަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރާ ޚިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ސަލާމަތީގޮތުން ހުރި ގޮންޖެހުންތަކާއި ކުށް ހިނގާ މިންވަރާއި ކުށުގެ ނުރައްކާތެރިކަމަށް ބަލައި އެކަންކަމަށް އެކަށީގެންވާ ވަރަށް ފުލުހުން އިކުއިޕްކޮށް، ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަދުގެ މާހައުލަށް ފުލުހުން ތިބެން ޖެހޭނީ އެކަށީގެންވާ ވަރަށް ތައްޔާރުވެގެން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުކުމެ އުޅޭ ފުލުހުންނަށްވެސް ރައްކާތެރިކަން އޮންނަންޖެހޭ ކަމަށާއި، އެކަން ކުރުމަށް ފުލުހުންގެ ފޯސް އޮޕްޝަނެއްގެ ގޮތުގައި "ކޮންޑަކްޓިވް އެނަރޖީ ވެޕަން" ނުވަތަ ޓޭޒަރ ގަން ތައާރަފުކުރުމަށް ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބޭނުންކުރާނީ އެކްސޮން ކުންފުނީގެ އެންމެ އެޑްވާންސް ޓޭޒަރ ގަންއެވެ. މި ގަންތަކަކީ ޕެޕަރ ސްޕްރޭއަށްވުރެ ރައްކާތެރި އެއްޗެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް