Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 07:55
މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުން
މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުން
އެމްވީކްރައިސިސް
މާރާމާރީ
މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ޙަމަލާދިން އެކަކު ހައްޔަރުކޮށްފި
އޭނާއަށް ސީރިއަސް ޒަޚަަމްތަކެއް ވަނީ ލިބިފައި
އޭނާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ
ވަޅި ޖަހައި ޒަހަމްކޮށްލާފައިވަނީ 30 އަހަރުގެ ޒުވާނެއް

މާލެސިޓީގެ މާފަންނުގައި ހުރި ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ވިދާޅުވީ، ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Advertisement

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުންނެވެ.

އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައި ކަމަށް ސީޕީ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ 09:20 ހާއިރު މާފަންނުގައި ހުންނަ ފިހާރައެއްގެ ތެރެއަށް ވަދެ, ވަޅި ޖަހައި ޒަހަމްކޮށްލާފައިވަނީ 30 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެއެވެ.  އެ ފިހާރަ ތެރޭގައި އޭނާ ހުއްޓައި ދެ މީހަކު އައިސް އޭނާއަށް ވަޅިން ހަމަލާދިނެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އޭނާ އޮތީ ވެންޓިލޭޓަރުގައިކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާއަށް ސީރިއަސް ޒަޚަަމްތަކެއް ވަނީ ލިބިފައެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފިހާރަ ތެރޭގައި ވެއްޓިފައި އޮންނައިރު، އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅި ހަރާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް