ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 12:55
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހެރިޔާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހެރިޔާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ
އަދާލަތު ޕާޓީ
ހޭރިޔާ ޕްރޮގްރާމު
އަދާލަތު ޕާޓީ ފިޔަވާ ދެން އެންމެ ރަނގަޅަށް އޮތީ އެމްޑީޕީ: އިމްރާން
އަދާލަތު ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ ޝަރުއީ އިސްލާހީ މަސައްކަތުގެ މައްޗަށް

އަދާލަތު ޕާޓީ ފިޔަވާ ދެން އެންމެ ރަނގަޅަށް އޮތީ އަދާލަތުން އެ ޕާޓީއަކާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނަށް ހިންގާ ހޭރިޔާ 23 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޕާޓީގެ ލީޑަރޝިޕު ބަދަލުވުމުން ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް އަދި ޕާޓީއިން ގަބޫލުކުރާ ހަމަތައް ބަދަލުވެގެން ނުދާ ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ.

އަދާލަތު ޕާޓީ ފިޔަވާ ދެން އެންމެ ރަނގަޅަށް އޮތީ އަދާލަތުން އެ ޕާޓީއަކާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ލީޑަޝިޕަށް އައި ބަދަލުތަކާއެކު އެ ޕާޓީއަށް އައި ބަދަލުތައްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިންވަނަ އަށް ރަޖިސްޓާ ކުރެވުނު ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެ ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ ޝަރުއީ އިސްލާހީ މަސައްކަތުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީތައް މިއަދު އޮތް ހާލަތާމެދު ވާހަކަ ދައްކަވަމުން އިމްރާން ވަނީ ފުރަތަމަ އުފެދުނު އޭރުގެ އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި އޭގެ ފަހުން އުފެދުނު 17 ވަރަކަށް ޕާޓީއާއި އެ ޕާޓީތަކުގެ ލީޑަރުން މިހާރު ފެންނަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދި ދުވަހުން ފެށިގެން އެ ޕާޓީގެ މަސައްކަތާއި އަމާޒު އަދި ދާންވީ މަންޒިލް އެ ޕާޓީއަށް ސާފު ކަމަށާއި ހޭރިޔާ ޕްރޮގްރާމާއެކު ހުޅުވިގެން މި ދިޔައީ އަދާލަތު ޕާޓީގެ ހަޔާތުގައި އައު ސަފުހާއެއް ކަމަށެވެ.

ހޭރިޔާ ޕްރޮގްރާމުގެ މަޤްސަދަކީ މޮޑަން ޝަރުއީ ސިޔާސީ ލީޑަރޝިފް އުފެއްދުމުގެ މަސައްކަތް ކުރުން ކަމަށް އަދާލާތު ޕާޓީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް