ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 06:21
ޖޫސް ޓައިމަށް ހަމާލާދިނުން
ޖޫސް ޓައިމަށް ހަމާލާދިނުން
ރާއްޖެއެމްވީ
ޖޫސް ޓައިމަށް ގެއްލުންދިނުން
ޖޫސް ޓައިމަށް ގެއްލުންދިން މީހުން ދުއްވި ސައިކަލް އަތުލައިގަނެފި، މީހުން ދެނެގަތުމުގެ މަސައްކަތްކުރަނީ
'ޖޫސް ޓައިމް' އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުން

ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް މޫނު ނިވާ ކޮށްގެން ވަދެ، އެތަނަށް ގެއްލުންދިން މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެތަނުގެ ތެރެއަށް ވަދެ މަރުތޭލަކުން ތަނުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ހަލާކުކުރާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި 'ޖޫސް ޓައިމް' އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ. އެމީހުން އެތެރައަށް ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލުމަށްފަހުގައެވެ. އެމީހުން އެތަނަށް ވަތްއިރު ބިދޭސީއަކު ކައުންޓަރުގައި އިށީދެގެން އިނދެއެވެ. މޫނު ނިވާކޮށްގެން ހުރި އެކަކު އެ ބިދޭސީ މީހާއާ ދިމާލަށް ވަޅި ދިއްކުރުމުން އެމީހާ ހަޅޭލަވަމުން އެތަނުގައި ހުރި ދޮރަކުން ނިކުމެގެން ދިޔައެވެ.

މޫނު ނިވާކޮށްގެން ތިބި ދެމީހުން ދަމުން ދިޔައީ އެތަނުގެ ވަތްގަނޑުގައި ހުރި ހުރިހާ ފައިސާއެއް ވެސް ހިފައިގެންނެވެ. އެތަނަށް ހަމަލާ ދިނުމުގެ ކުރިން ހިސާބު ބެލިއިރު ވަތްގަނޑުގައި ގާތްގަނޑަކަށް 4000ށްވުރެން ގިނަ ރުފިޔާ ހުއްޓެވެ. 

ހުޅުމާލޭގައި ޖޫސް ޓައިމް ހިންގަމުން އަންނަތާ 4 އަހަރު ވެފައިވާއިރު އެތަނަށް މިއީ މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ތަނުގައި ހުރި ދެ ކޮފީ މެޝިނާއި އެއް ސައި ގިރާ މެޝިނަކާ ފްރިޖަށާއި މައިކްރޯވޭވް އަށް ވަނީ ގެއްލުންދީފައެވެ. އަދި ހެދިކާ އަޅާ ކައުންޓަރު ވެސް ވަނީ ހަލާކުކޮށްފައެވެ. މީގެއިތުރުން ދޮރަށް ވެސް ހުރީ ގެއްލުންދީފައެވެ. ތަނުގެ ތަކެއްޗަށް ދިން ގެއްލުމުގެ އަގު ދެލައްކަ ރުފިޔާއަށް ވުރެން މައްޗެވެ.

މިތަން ހިންގުމަކީ އުމުރުން 53 އަހަރުގެ އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި ކުރާ ހަމައެކަނި މަސައްކަތެވެ. އެ އަންހެން މީހާގެ އާއިލާގެ ޚަރަދުތައް ހަމަޖައްސަނީ އެތަނުން ލިބޭ ފައިސާއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް