ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 13:08
މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެހިކަލެއް ބުރިޖުން ފައިބައިގެން އަންނަނީ
މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެހިކަލެއް ބުރިޖުން ފައިބައިގެން އަންނަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ހުތުބާ
މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް ރޭސްޖެހުމަކީ ނަފްސު ހަލާކަށް ހުށަހެޅުން: ހުތުބާ
ހުތުބާ ހާއްސަކޮށްފައިވަނީ "ނަފްސު ރައްކާތެރިކުރުން" މި މައުޟޫއުއަށް
ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން
އިހުސާންތެރިކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސު ރައްކާތެރިކުރުމާއި ނުރައްކަލަށް ހުށަނޭޅުންވޭ

މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް ރޭސްޖެހުމަކީ ނަފްސު ހަލާކަށް ހުށަހެޅުންކަމަށާއި އެފަދަ ކަންކަމުން ދުރުވުމަށް ހުތުބާގައި ގޮވައިލައްވައިފިއެވެ.

"ނަފްސު ރައްކާތެރިކުރުން" މި މައުޟޫއަށް ހާއްސަކޮށްފައިވާއިރު، ހުތުބާގައި ބުނެފައިވަނީ އިހުސާންތެރިކަމުގެ ތެރޭގައި ތިބާގެ އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސު ރައްކާތެރިކުރުމާއި ނުރައްކަލަށް ހުށަނޭޅުން ވާ ކަމަށެވެ. އެ ގޮތުން މަގުމަތީގައި ދުއްވަން ކަނޑައަޅައިފައިވާ ބާރުމިނާ ހިލާފަށް، އެއްގަމު އުޅަނދުތަކާއި ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ނަފްސު ހަލާކަށް އެއްލައިލުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެެވެ.

އެކަކު އަނެކަކާ ވާދަކޮށް މަގުމަތީގައި ނުވަތަ ކަނޑުމަތީގައި ރޭސްޖެހުމަކީ ނަފްސު ހަލާކަށް ހުށަހެޅުން ކަމަށާއި ވަރުބަލިވެ ނިދިއައިސް ތާއްޔާޖެހޭ ހިނދު ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ފޯނާކުޅެނިކޮށް އެކްސިޑެންޓުވަނީ ކިހާވަރަކަށްތޯ އާއި މަގުމަތި އޮތީ ހުސްކޮށްކަމަށް ހީކޮށް ހިސާބަށްވުރެ ބާރަށް ދުއްވަމުންދަނިކޮށް، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައި ހުރީ ކިހާވަރަކަށްތޯ ހުތުބާގައި ވަނީ ސުވާލުކޮށްފައެވެ.

އިތުރަށް ހުތުބާގައި ބުނީ މަގުމަތީގައި ހިނގާ ހާދިސާތަކުގައި އަނިޔާލިބޭ ގިނަ މީހުންނަކީ ޒުވާނުން ކަމަށެވެ. އެއީ އެ މީހުންގެ އުފެއްދުންތެރިކަމާއި ހަކަތައަށް ގައުމު އެދިއެދި ތިބި ބައެއް ކަމަށާއި އެ މީހުންގެ އާއިލާތަކަށް އުފާވެރިކަން ގެނެސްދޭން ތިބި މީހުން ކަމަށް ހުތުބާގައި ބުންޏެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން އެ މީހުން ނުކުޅެދުންތެރިންނަށް ބަދަލުވާ ކަމަށާއި ހަރަކާތެއް ނެތި އެނދުގައި އޮންނަން ޖެހޭ ބަޔަކަށް ވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް