ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 07:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް
ޓްވިޓަރ
އެމްއާރުއެމް އިން ނިންމާ ގޮތް
އިންތިޚާބާއި ގުޅޭގޮތުން ގޮތް ނިންމާނީ މައުމޫން ވަޑައިގަތުމުން ރައީސް އާ ބައްދަލުކުރުމަށްފަހު: އެމްއާރުއެމް
ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެމްއާރުއެމް އަށް ކުރެވުނު ތަޖުރިބާތަކާއި މެދު، އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި މެދު ރައީސް އާ ބައްދަލުކުރަން ބޭނުންވޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒަޢީމް، ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އެންމެ އިސްފަރާތް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިޓީ އެއް ފޮނުއްވާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް މިމަހުގެ 19 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ރައީސްގެ ސިޓީގައި ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށްވެސް ކޯލިޝަނެއް ހަދައި އެކުގައި ނުކުތުމުގެ ދައުވަތު ކޯލިޝަން ލީޑަރުންނަށް ދެއްވާފައެވެ.

އެކަމާއި ގުޅޭގޮތުން އެމްއާރުއެމް އިން ބުނީ އިއްތިހާދު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެމްއާރުއެމް އަށް ކުރެވުނު ތަޖުރިބާތަކާއި މެދު، އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި މެދު ރައީސް ޞާލިހާއި ބައްދަލުކުރަން އެމްއާރުއެމް އިން ބޭނުންވާކަމަށެވެ. ނަމަވެސް، މިވަގުތު ރައީސް މައުމޫން ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

Advertisement

އެހެން ކަމުން، ރައީސް މައުމޫން ރާއްޖެއަށް އެނބުރި ވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ބައްދަލުވުން ބޭއްވުމަށް ފަސޭހަފުޅު ވަގުތެއް ޙިއްސާކުރާނެ ވާހަކަ ދަންނަވަވައި ޖަވާބު ފޮނުވާފައިވާނެކަމަށް އެޕާޓީން ބުނެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ކުރިޔަށް އޮތް އެޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް