ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 16:24
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއެމްވީ
ހަށިވިއްކުން
ހަށިވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ، ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި
ދޫކޮށްލާފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެން މީހާ
43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން، 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކުރި

މާލޭގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެން މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މާލޭގައި އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި, ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށްވެސް ފުލުހުންގެ މީީީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 43 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައެވެ.

އަދި 43 އަހަރުގެ ބިދޭސީ ފިރިހެން މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުހައްދަތު ދީފައިވާ ކަމަށާއި، ބިދޭސީ ދެ އަންހެނުން ބަންދުގައި ބޭތިއްބުމަށް 1 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދީފައި ނުވާއިރު، މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް