ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 12:41
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
އިމާރާތް ބޭނުން ނުކުރެވޭތީ ކްރިމިނަލް ކޯޓުގެ މިއަދުގެ ގިނަ އަޑުއެހުންތައް ކެންސަލް
ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޖޭއެސްސީން ވަނީ ނިންމާފައި
ބުދަ ދުވަހާއި، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިވެސް ކޯޓުގެ ބާވެފައިވާ އިމާރާތުގެ ބައިތަކެއް ވަނީ ހަލާކުވެގެން ވެއްޓިފައި

އިމާރާތް ބޭނުން ނުކުރެވޭތީ ކްރިމިނަލް ކޯޓުގެ މިއަދުގެ ގިނަ އަޑުއެހުންތައް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމާފައެވެ.

އަދި ކްރިމިނަލް ކޯޓު ހިންގަމުންދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހާއި، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިވެސް ކޯޓުގެ ބާވެފައިވާ އިމާރާތުގެ ބައިތަކެއް ވަނީ ހަލާކުވެގެން ވެއްޓިފައެވެ.

ބުރާސްފަތި ދުވަހުވެސް ގިނަ އަޑުއެހުންތަކެއް ތާވަލު ކުރެވިފައި ހުއްޓެވެ. ނަމަވެސް އިމާރަތް ބޭނުން ނުކުރެވޭތީ ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ފަދަ އަޑުއެހުންތަކެވެ.

- ކޮމެންޓް