Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 15:02
ޕްލޭނިންގ މިނިސްޓަރު އަސްލަމް
ޕްލޭނިންގ މިނިސްޓަރު އަސްލަމް
މަޖިލިސް
އައްޑޫގެ ތަރައްގީގެ މަސައްކަތް
އައްޑޫއަށް ގޮސްގެން މަސައްކަތްތަކަށް ހައްލު ހޯދައިދެވިއްޖެ - އަސްލަމް
މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުން އަންނަ ކަމަށް ގަބޫލުކުރައްވަން
އައްޑޫގެ މަސައްކަތުގައި ހުރި މައްސަލަތައް ވެސް ހަމަ ލޮލުން ފެނި ފާހަގަވެއްޖެ

އައްޑޫ ސިޓީއަށް ގޮސް އެތަނުގައި ހުންނަވައިގެން މަސައްކަތްތަކަށް ހައްލު ހޯދައިދެވިއްޖެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫގައި ބޭސްވެގެން ހުރެގެން، އައްޑޫއަށް ގޮސްގެން މަސައްކަތްތަކަށް، ހައްލުތަކެއް ހޯދައިދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement

މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުން އަންނަ ކަމަށް ގަބޫލުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އައްޑޫގެ މަސައްކަތުގައި ހުރި މައްސަލަތައް ވެސް ހަމަ ލޮލުން ފެނި ފާހަގަވެއްޖެ ކަމަށާއި، އޭގެތެރެއިން އަވަހަށް ހައްލު ހޯދެން ހުރި ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އައްޑޫއަށް ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި މި ދަތުރުގައި އައްޑޫގައި ސަރުކަރުން ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާ މައްސަލަ ހުރި ކަންކަން ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް