ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 09:13
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
ބްރޯޑްކާސްޓިން ކޮމިޝަން
މީދަލުގެ އުނދަގުލާހެދި ބްރޯޑްކޮމް މިއަދު ބަންދު
ބްރޯޑްކޮމްގެ އެއްވެސް ހިދުމަތެއް މިއަދު ނުދޭނެ

މީދަލުގެ އުނދަގޫ ބޮޑުވެ ޕެސްޓް ކޮންޓްރޯލްގެ މަސައްކަތްކުރުމަށް ޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބުރާސްފަތި ދުވަހު ބަންދުކުރަން ނިންމައިފިއެވެ.

ބްރޯޑްކޮމްއިން ނެރުނު ބަޔަނެއްގައި ބުނީ އެ ކޮމިޝަނުގެ އޮފީސް ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގައި މީދާ ގިނަވެ، އެކަމުގެ ސަބަބުން އުނދަގޫތައް ދިމާވެ ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫއަަރަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެސްޓް ކޮންޓްރޯލްގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްކުރުމަށް ބުރާސްފަތި ދުވަހު ކޮމިޝަންގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ނިންމައިފައިވާ ކަމަށާއި އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ ކޮމިޝަނުން އެއްވެސް ހިދުމަތެއް ހޯދަން ބޭނުންވާނަަމަ ކޮމިޝަންގެ ހޮޓްލައިން 7983353އަށް ގުޅުމަށް އެ ކޮމިޝަނުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް