Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 10:03
ހުޅުމާލޭގައި ގާއިމްކުރި ސަރުކާރުގެ އޮފީސްތައް ހިމެނޭ އިމާރާތް ރައީސް ހުޅުވައިދެއްވަނީ
ހުޅުމާލޭގައި ގާއިމްކުރި ސަރުކާރުގެ އޮފީސްތައް ހިމެނޭ އިމާރާތް ރައީސް ހުޅުވައިދެއްވަނީ
ރައީސް އޮފީސް
އުމަރު ޒާހިރު އޮފީސް ބިލްޑިންގ
ސަރުކާރުގެ އޮފީސްތައް ހިމެނޭ "އުމަރު ޒާހިރު އޮފީސް ބިލްޑިންގ" ރަސްމީކޮށް ހުޅުވައިފި
ޖެންޑާ، ޓްރާންސްޕޯޓް އަދި ހަޔަރއެޑިއުކޭޝަން މިނިސްޓްރީ ހުންނާނި މި އިމާރާތުގައި
މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން

ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި، ސަރުކާރު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

އުމަރު ޒާހިރު ހަނދާނީ ބިލްޑިންގެ ނަމުން ނަންދީފައިވާ ސަރުކާރުގެ އޮފީސްތައް ހިމެނޭ މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔަށް ނަގައިގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 2019 ވަނަ އަހަރު ނިންމެވީ ހުޅުމާލޭގައި ސަރުކާރުގެ އޮފީސް ކޮމްޕްލެކްސްއެއް ގާއިމް ކުރެއްވުމަށެވެ.

މި އިމާރާތް ހަދަން ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖީނިއަރިން އާއެވެ. މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުރެއެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:

ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ

Advertisement

ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ

ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ

ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ

ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް