ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 09:29
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
2022 ވަނަ އަހަރު ސިވިލް ކޯޓުން 2917 މައްސަލަ ނިންމާފައިވޭ
2022 ވަނަ އަހަރު ހުށަހެޅުނު މައްސަލައިގެ އަދަދަކީ 5050
ކޯޓަށް ހާޒިރުވުމަށް އެކި ފަރާތްތަކަށް 19956 އަމުރު ފޮނުވިފައިވޭ

ނިމިދިޔަ 2022 ވަނަ އަހަރު ސިވިލް ކޯޓުން 2917 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2022 ވަނަ އަހަރު ހުށަހެޅުނު މައްސަލައިގެ އަދަދަކީ 5050 އެވެ. އޭރުވެސް 2021 ވަނަ އަހަރުގެ ނުނިމިހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 2740 މައްސަލަ ކޯޓުގައި އޮތެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރު ވަނީ 2917 މައްސަލައެއް ނިންމާފައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ނުނިމި ބާކީ 4873 މައްސަލަ އޮތެވެ. އޭގެ ތެރެއިން ނުނިމި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ އަދަދަކީ 977 އެވެ.

2022 ވަނަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލު ވި މައްސަލައިގެ ޢަދަދަކީ 218 ކަމަށް ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

2022 ވަނަ އަހަރު ކޯޓަށް ހާޒިރުވުމަށް އެކި ފަރާތްތަކަށް 19956 އަމުރު ފޮނުވިފައިވާއިރު، ޝަރީއަތްކުރާ ސެކްޝަންތަކުން 21399 ކޯޓު އަމުރު ފޮނުވިފައިވެއެވެ. އޭގެ އިތުރުން، މިދިޔަ އަހަރު 94 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، 8 މިލިއަން ޑޮލަރު ސިވިލް ކޯޓަށް ބަލައިގެންފައިވެއެވެ. ކޯޓަށް ބަލައިގެންފައިވާ އާމްދަނީގެ އަދަދަކީ 189،516 ރުފިޔާއެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނީގެ ގޮތުގައި ސާބިތުވެފައިވާ ރުފިޔާގެ އަދަދު ބިލިއަނަކަށްވުރެ ގިނައެވެ. އަދި ދަރަނީގެ ގޮތުގައި ސާބިތުވި ޑޮލަރުގެ އަދަދު 6 މިލިއަނަށް އަރައެވެ.

ސިވިލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި މިހިނގާ 2023 ވަނަ އަހަރު ކޯޓުގެ އަމާޒަކީ ކޯޓުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ، ދެފުއް ފެންނަ ނިޒާމެއް ޤާއިމު ކުރުމެވެ.

އޭގެ އިތުރުން، ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމާއި، ކޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ކޯޓުގެ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމަކީވެސް މިއަހަރުގެ އަމާޒެއްކަމަށް ސިވިލް ކޯޓުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް