Advertisement
ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 14:43
ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ
ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ
މާލެ ސިޓީ ކައުންސިލް
ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ލޭބަރ ކުއާޓަރތަކުން 299 މީހުން ހުސްކުރި
ރެއިންބޯ ކޮންސްޓްރަކްޝަންގެ ލޭބަރ ކުއާޓަރ އިން ހުސްކުރެވުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ނޭޕާލުގެ 3 މީހުންނާއި އިންޑިޔާގެ 127 މީހުންގެ އިތުރުން ބަންގްލަދޭޝްގެ 3 މީހުން
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 165 މީހުންނާއި އިންޑިޔާއަށް ނިސްބަތްވާ އެކަކު

ނީލަން ފިހާރަގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާއި އިންވެގެން ހުރި ލޭބަރ ކުއާޓަރތަކުން 299 މީހުން ހުސްކުރިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެފިއެވެ.

އެއޮތޯރިޓީން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 6:25 ގައިކަމަށެވެ. އެއާއެކު އޮތޯރިޓީގެ ޓީމެއް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިކަމަށެވެ. މިހާދިސާގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ ލޭބަރ ކުއާޓަރ އެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައިކަމަށާއި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ލޭބަރ ކުއާޓަރ އަކަށްވެސް ދުމުގެ އަސަރުކޮށް އެތަނުން މީހުން ހުސްކޮށްފައިވާކަމަށް އެންޑީއެމުއޭއިން ބުނެއެވެ.

މިގޮތުން ރެއިންބޯ ކޮންސްޓްރަކްޝަންގެ ލޭބަރ ކުއާޓަރ އިން ހުސްކުރެވުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ނޭޕާލުގެ 3 މީހުންނާއި އިންޑިޔާގެ 127 މީހުންގެ އިތުރުން ބަންގްލަދޭޝްގެ 3 މީހުންނެވެ. އެކުންފުނިން ވަނީ އެކުންފުނީގެ މުވައްޒަފުންނާ ހަވާލުވެފައިކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އިވަކުއޭޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާދުއްދީން ސްކޫލްގައި މިހާރު ތިބީ 166 ބިދޭސީންކަމަށް އެއޮތޯރިޓީން ބުނެއެވެ. މިފަރާތްތަކަކީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މީހުންކަމަށާއި މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 165 މީހުންނާއި އިންޑިޔާއަށް ނިސްބަތްވާ އެކަކެވެ. މިފަރާތްތަކަށް ވަގުތީގޮތުން ބޭނުންވާ ކެއިން ބުއިމުގެ އެހީތެރިކަން މާލެ ސިޓީ ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން ވަނީ ހަމަޖައްސާފައެވެ. މިފަރާތްތަކަށް އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީން ބޯފެނާއި ލުއިކާނާ ހަދިޔާކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

Advertisement

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަނީ ސިޓީ ކައުންސިލުންނެވެ.

އެންޑީއެމްއޭއިން ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދިނުމަށާއި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ހޯމަ ދުވަހުގެ ފަތިހު 05:43 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް