Advertisement
ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 18:34
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
އަލިފާން ރޯވި އިމާރާތުގައި 5 ކްލާސްރޫމް ހުރޭ: އެޑިއުކޭޝަން މިނިސްޓްރީ
3 ކްލާސްރޫމުގައި ކުދިން ކިޔަވާ
އެއްވެސް ކުއްޖަކަށް އަދި މުވައްޒަފަކަށް އަނިޔާވެފައެއް ނުވޭ
ކިޔެވުން ހުއްޓާނުލާ ކުރިއަށްގެންދެވޭނެ ގޮތްތައް ދަނީ ބަލަމުން

ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި 5 ކްލާސްރޫމް ހުންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހަވީރު 5 ޖަހާ އެހާއިރު ފިޔޯރީ ސްކޫލްގެ ބާ ހޯލު ހުންނަ އިމާރާތުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި އަލިފާންގަނޑު ބޮޑުވެ އިނާރާތް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދަމުންދާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުލިބިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާން ރޯވި އިމާރާތަކީ 5 ކްލާސްރޫމް ހުންނަ އިމާރާތެއް ކަމަށެވެ. އަދި އެތަނުން 3 ކްލާސްރޫމަކީ ކުދިން ކިޔަވަން ތިބޭ ކްލާސްރޫމްތަކެއް ކަމަށެވެ.

Advertisement

އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސްކޫލް ބަންދު ވަގުތެއްގައިކަމުން ހާދިސާގެ ސަބަބުން އެއްވެސް ކުއްޖަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީއާ ސްކޫލުން ގުޅިގެން ހަމަޖައްސަމުންދާކަމަށެވެ.

އަދި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވައި، ހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް