ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 18:21
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެެނެގަނެވިފައެއް ނުވޭ
އެމްއެންޑީއެފުން އެ ރަށަށް ދިއުމަށް 45 ވަރަކަށް މިނެޓު ނަގާ
ހާދިސާ ހިނގާފައިވަނީ ސްކޫލް ހޯލުގައި

ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތުލިބޭގޮތުގައި އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލްގެ ހޯލުގައެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށަށް ދިއުމަށް ދަތުރު ފަށާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެ ރަށަށް ދިއުމަށް ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ހޭދަވާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެ ސްކޫލުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ދަނީ އަނދަމުންނެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް