ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 14:28
ޑޮނަލްޑް ޓްރަމްޕް
ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕްގެ ފޭސްބުކް އައިޑީ އަނބުރާ ދިނުމާމެދު ގޮތެއް ނިންމަނީ
ޓްރަމްޕަށް 2023އާ ހަމައަށް ފޭސްބުކް ބޭނުން ނުކުރެއްވޭނެ ކަމަށް ފޭސްބުކުން ހާމަކުރީ 4 ޖޫން 2021 ގައި
ފޭސްބުކްގެ އިތުރުން ޓްވިޓަރއިން ވެސް އޭރު ވަނީ މުއްދަތެއް ނެތް ގޮތަށް ޓްރަމްޕް ސަސްޕެންޑް ކޮށްފައި
ދާދި ފަހުން ޓްރަމްޕް ވަނީ އަލުން ޓްވިޓަރ އާ ގުޅިވަޑައިގެންފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފޭސްބުކްއަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ފޭސްބުކް ހިންގާ ކުންފުނި މެޓާއިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 2023އާ ހަމައަށް ފޭސްބުކް ބޭނުން ނުކުރެއްވޭނެ ކަމަށް ފޭސްބުކުން ހާމަކުރީ 4 ޖޫން 2021 ގައެވެ. ދެ އަހަރު ދުވަހަށް ފޭސްބުކުން އޭނާ ސަސްޕެންޑް ކުރުމަށް އޭރު ފޭސްބުކް އިން ނިންމީ އެ ޕްލެޓްފޯމް ބޭނުންކުރާ ސިޔާސީ ފަރާތްތަކުން މުޖުތަމައުގައި ބިރުވެރިކަން އުފައްދައި ދޮގު ޚަބަރު ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށާއި، އަދި އެގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނަމުންނެވެ.

އޭރު ފޭސްބުކުން ޓްރަމްޕްގެ ސަސްޕެންޝަން ދިގު ދަންމާލިއިރު، 10 މިލިއަނަށްވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރެއެވެ. ފޭސްބުކްގެ އިތުރުން ޓްވިޓަރއިން ވެސް އޭރު ވަނީ މުއްދަތެއް ނެތް ގޮތަށް ޓްރަމްޕް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ދާދި ފަހުން ޓްރަމްޕް ވަނީ އަލުން ޓްވިޓަރ އާ ގުޅިވަޑައިގެންފައެވެ.

އޭރު ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ކެޕިޓޯލް ތެރެއަށް ވަދެ ބޮޑެތި ހަމަނުޖެހުންތައްވެސް ހިންގާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކުރާ އިމާރާތް ހުންނަ ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވާ މޭރުމަކުން ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެދުވަހު ޕޯސްޓްކުރެއްވުމުން، އެ ޕްލެޓްފޯރމްތަކުން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވަމުން ގެންދެވި ވާހަކަތަކާއި ގުޅިގެން ފޭސްބުކް އަދި އެއާއި ގުޅިފައިވާ އިންސްޓަގްރާމް އެޕްލިކޭޝަނުންވެސް އޭރު ވަނީ ޓްރަމްޕް ބޭން ކޮށްފައެވެ. 

އޭގެ އިތުރުން، ކޮވިޑާ ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް ފަތުރައި، ފޭސްބުކްގެ ޕޮލިސީއާ ޚިލާފުވި ކަަމަށް ބުނެވެސް ޓްރަމްޕްގެ އެކައުންޓް މީގެ ކުރިން ސަސްޕެންޑް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް