ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 16:16
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ރާއްޖެއެމްވީ
ލެތުން ޑޭޓާބޭސް
ޖިނާއީ އަދުލުގެ ނިޒާމުގެ ޑޭޓާބޭސް، "ލެތުން" އިނގެރޭސި ބަހުން ނެރެފި
މި ޑޭޓާބޭސްއިން ގާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭ

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް އިނގެރޭސީ ބަހުން ލޯންޗުކޮށްފިއެވެ.

އިނގެރޭސިބަހުން މި ޑޭޓާބޭސް ލޯންޗުކޮށްފައިވަނީ އަންގާރަ ދުވަހު ޕީޖީ އޮފީހުން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭގޮތުގައި މި ޑޭޓާބޭސް މެދުވެރިކޮށް، ގާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުންހުރި އެކި ކީވޯރޑުވެސް ވަކިން ސަރޗްކޮށް، އެ ކީވޯރޑަކާގުޅޭ، ފަހުގެ ގަނޫނުތަކާއި ގަވާއިދުތައް ބަލާލެވޭނެއެވެ.

މި ޑޭޓާބޭސްއާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަތީ މަރުހަލާގެ ކޯޓުތަކުން ކުރާ ހުކުމްތައް ޕީޖީ އޮފީހަށް ލިބުމުން، ވަގުތުން ޑޭޓާބޭހަށް އަޕްޑޭޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އޭގެ އިތުރުން، އަނިޔާލިބޭ ފަރާތްތަކަށް އެމީހުންގެ މައްސަލަ ގޮސްފައިވާ ހިސާބާއި، މައްސަލައިގައި އެހީ ހޯދަން އަމަލުކުރަންވީ ގޮތް ވަގުތުން ބަލައިލެވޭގޮތަށް މި ޑޭޓާބޭސް ތަރައްގީކުރުމުގެ ފަހުގެ ފިޔަވަހީގައި މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް