ކ. މާލެ
|
26 ޖޫން 2017 | ހޯމަ 22:51
ވީއައިޕީ2 ގެ މަންޒަރެއްގައި ކާޖޮލް
ވީއައިޕީ2 ގެ މަންޒަރެއްގައި ކާޖޮލް
ގޫގުލް
"ވީއައިޕީ2"
ކާޖޮލްގެ ދެވަނަ ތަމަޅަ ފިލްމުގެ ޓްރެއިލާ ނެރެފި
ކާޖޮލް ފެނިގެން ދާނީ ވަރަށް ނުފޫޒު ގަދަ އަންހެން ވިޔަފާވެރިއެއްގެ ރޯލުން
ސިނަމާތަކަށް އަންނާނީ ޖުލައި 28 ގައި

ކާޖޮލްގެ ދެވަނަ ތަމަޅަ ފިލްމުގެ ޓްރެއިލާ އާންމުކޮށްފިއެވެ. ކާޖޮލްގެ 2 ވަނަ ތަމަޅަ ފިލްމަކީ ފިލްމް ވެއްލައި އިއްލަ ޕައްޓަދާރީ 2 (ވީއައިޕީ 2) އެވެ.

ކާޖޮލް އެންމެ ފުރަތަމަ ތަމަޅަ ފިލްމެއް ކުޅެފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ އަރްވިންދް ސްވާމީ އާއި ޕްރަބޫދޭވާއާ އެކު ކުޅުނު "މިންސަރަ ކަނަވޫ" އެވެ.

މި ފިލްމުގައި ކާޖޮލްގެ އިތުރުން ސައުތު އިންޑިއާގެ ބަތަލު ދަނޫޝް ވެސް ފެނިގެން ދާނެއެވެ.

"ވީއައިޕީ" ގައި ކާޖޮލް ފެނިގެން ދާނީ ވަރަށް ނުފޫޒު ގަދަ އަންހެން ވިޔަފާވެރިއެއްގެ ރޯލުންނެވެ. މިއީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު ކާޖޮލް ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މިފިލްމުގެ ސްކްރިޕްޓް ލިޔެ ކޯ ޕްރޮޑިއުސް ކޮށްފައިވަނީ ފިލްމުގެ އެކްޓަރުގެ ގޮތުގައި ފެނިގެންދާ ދަނުޝްއެވެ.

ހިންދީ ބަހުން ޑަބްކޮށްގެން ވެސް ފިލްމް ރިލީޒް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ވެއްލައި އިއްލަ ޕައްޓަދާރީ(ވީއަޕީ) ގެ ދެވަނަ ސީކުއެލްއެވެ. "ވީއައިޕީ" ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ.

ކާޖޮލް ކުޅެފައިވާ "ވީއައިޕީ2" ސިނަމާތަކަށް އަންނާނީ ޖުލައިމަހުގެ 28 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް