ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 07:11
ކާރެއް ފުރޮޅާލުން
ކާރެއް ފުރޮޅާލުން
އެމްވީކްރައިސިސް
އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި
ކާރު ދުއްވަން އިނީ 45 އަހަރުގެ ދިވެހި ފިރިހެނެއް
ކާރުގައި އިން މީހާއަށް އަނިޔާވެފައިވޭ

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ އެމްޑަބްލިއުއެސްސީއާ ދިމާލުން ހައިވޭ ކައިރިން ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 22:30 އެހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ކާރު ދުއްވަން އިނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަށް އަނިޔާވެފައިވާކަމަށާއި، އަދި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް