Advertisement
ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 17:04
ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި ހަންތައް
ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި ހަންތައް
ޕޮލިސް
މަސްތުވާތަކެތި
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި އައްޑޫއިން ހޯދައިފި
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ

މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ސިޓީއިން އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ތަކެތި ހޯދާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން ހޯމަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި ކަމަށެވެ. މިތަކެތި އަތުލައިގެންފައިވަނީ އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ.

ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހިމެނެއެވެ.

Advertisement

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

 ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް