Advertisement
ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 07:12
މަސްވެރި ދޯނި
މަސްވެރި ދޯނި
ރާއްޖެ އެމްވީ
ހޯސާ އެޕް
"ހޯސާ" އެޕް: މަސްވެރިންގެ އެތައް ކަަންބޮޑުވުމަކަށް ހައްލު
މަސް ކިރުމަށް ބޭނުންވާ ކިއު ނަންބަރު އެޕުން ނަގާލެވޭ
މަސް ކިރާ ޕޮއިންޓުތައް ފަސޭހަކަމާއެކު ހޯދާލެވޭ

މަސްވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް "ހޯސާ" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ފިޝަރީޒް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

"ހޯސާ" އެޕްލިކޭޝަނަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސްގެ ފަރާތުން ތައާރަފުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަންގެ ސަބަބުން މަސްވެެރިން އެމީހުން ބާނާ މަސް ކިރުމަށް ކިއު ނަންބަރެއް ނެގުމަށް މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް ކިއު ނަންބަރެއް ނެގޭނެއެވެ. އަދި މަސް ކިރާ ޕޮއިންޓުތައް ހޯދުމާއި ކިއު ނަންބަރު ބަލާލުމާއި، ފައިސާގެ މުއާމަލާތްތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެއެވެ.

Advertisement

މިފްކޯއިން ބުނީ ސަރވިސް ބިލްތައް ވެސް މިހާރު އެޕްލިކޭޝަން މެދުވެރިކޮށް ފެންނަމުންދާނެ ކަމަށެވެ. ފައިސާ ލިބިފައި ހުންނަ ބިލްތައް ވެސް އެޕްލިކޭޝަނުން ފެންނާނެއެވެ. މީގެ އިތުރުން ދޯނީގެ ލައިސެންސާއި، ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ހައިޖިން ސެޓްފިކެޓު ވެސް މަސްވެރިންނަށް ފަސޭހަކަމާއެކު މި އެޕަށް އަޕްލޯޑުކޮށްލެވެއެވެ.

މި އިންގިލާބީ ބަދަލާއެކު މަސްވެރިކަމުގެ މުޅި ސިނާއަތް ބަދަލުވެގެންދާނެ ކަމަށް މިފްކޯއިން ދެކެއެވެ. އަދި މި އެޕްގެ ސަބަބުން ސަރުކާރަށް ވެސް ޕޮލިސީލަތައް އެކުލަވާލުވުމުގައި ފަސޭހަވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މި އެޕް ޕްލޭސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ފޯނަށް އަޅާލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް