Advertisement
ކ. މާލެ
|
7 ޑިސެންބަރ 2022 | ބުދަ 06:31
ކޯސްޓްގާޑުގެ އުޅަނދެއް
ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް
މެރިން ކޯ ތަމްރީނުތައް
އެމްއެންޑީއެފް މެރިންކޯގެ ތަމްރީނުތަކެއް އައްޑޫ ސިޓީގައި
އައްޑޫގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އައްޑޫ ސިޓީގައި ތަމްރީންތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ތަމްރީންތައް އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށްދާނެ ކަމަށެވެ. މި ތަމްރީނުތައް ކުރިއަށްދާނީ އޭޕްރިލް 2023 ގެ ނިޔަލަށެވެ.

މި ތަމްރީނުތަކުގައި ސިފައިން އައްޑޫގައި ހަރަކާތްތެެރިވާނީ ހަތިޔާރާއެކު ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement

އައްޑޫ ސިޓީގައި ފަސް މަސް ދުވަހަށް ހަތިޔާރާއެކު ހިންގާ ތަމްރީނު ޕްރޮގްރާމެއް ސިފައިން ކުރިއަށްގެންދަން ނިންމާފައި މި ވަނީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އިއުލާނުކޮށްފައި ވަނިކޮށެވެ.

ހަމަލާ ނާކާމިޔާބުކޮށްލަން ނޮވެމްބަރު 12 އިން ފެށިގެން އައްޑޫ އާއި މާލެ އާއި ކ. ގުރައިދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރު ކުރިއެވެ. ހައްޔަރު ކުރި ހުރިހާ މީހުންނަކީ ވެސް އައްޑޫގައި ދިރިއުޅޭ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް