ކ. މާލެ
|
6 ޑިސެންބަރ 2022 | އަންގާރަ 14:52
ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު ބައްލަވާ މައްސަލައެއް
ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު ބައްލަވާ މައްސަލައެއް
ހައި ކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު މައްސަލައެއް ބައްލަވައިފި
މި 3 މީހުންވެސް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކު
އެ މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ދާއިމީ ފަނޑިޔާރަކު ނެތުމުން އެ މައްސަލަ ލަސްވާކަމަށް ބުނެ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި 1 ފަނޑިޔާރަކު މައްސަލައެއް ކުރިއަށް ގެންގޮސްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި 1 ފަނޑިޔާރަކު މައްސަލައެއް ކުރިއަށް ގެންގޮސްފައިވާއިރު، ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު ބައްލަވާ މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒުކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލައަކީ 119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީކޮށް, 23 ނޮވެންބަރު 2022 ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގެ ދާއިމީ ފަނޑިޔާރަކު ނެތުމުން އެ މައްސަލަ ލަސްވާކަމަށް ބުނެއެވެ. އެހެންނަމަވެސް މުޖާހިދު ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ. އޭނާއަށް ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި ދައުލަތުގެ ހެކިންނާއި ވާހަކަ ނުދެއްކުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އަންގާއެވެ. އަދި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެހެންނަމަވެސް، އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގާޒީ ދީބާނާޒް ހައިކޯޓަށް ބަދަލު ކުރެއްވުމާއެކު އެ ސެކްޝަނުގެ މައްސަލަަތައް ބަލަމުން ގެންދަނީ އެކިއެކި ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ. އެގޮތުގެ މަތިން މައްސަލަތައް ކުރިއަށް ގެންދާއިރު އަޑުއެހުންތައް ތާވަލު ނުކުރެވިވެސް ގިނަ ދުވަސް ވޭތުވެގެންދާން ޖެހެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ވެސް މި މައްސަލައިގައި ހިމެނޭ 3 މީހަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެމީހުންނަކީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާނެވެ.

މި 3 މީހުންވެސް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް