Advertisement
ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 13:05
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
އަނިޔާވެރިވުން
އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަވަރަކަށް ލިބޭ ވޭން ބޮޑުވާނެ: ޚުތުބާ
އަނިޔާވެރިކަމަކީ އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމެއް
އަނިޔާވެރިންނަށް މާތް ﷲ މުހުލަތެއް ދެއްވާ
އަނިޔާވެރިވާ މީހުން އަނިޔާވެރިކަން މަތީގައި ދެމިތިބުމަކީ އިމްތިހާނެއް

އަނިޔާވެރިއަކު އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައިދިޔަ ވަރަކަށް އެމީހަކަށް ލިބޭ ވޭން ބޮޑުވާނެ ކަަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Advertisement

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ އަނިޔާވެރިކަމަށެވެ. "އަނިޔާވެރިންނަށް މާތްﷲ މުހުލަތު ދެއްވައެވެ" މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ވަނީ އަނިޔާވެރިކަމަކީ އޭގެ ނަތީޖާ ނުބައިވެގެންވާ، އަޚުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށެވެ. އިންސާނާގެ އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅި، އުންމަތްތައް ހަލާކުކުރައްވާ ސަބަބަކަށް ވާއިރު އެފަދަ މީހުންނަށް މުހުލަތެއް ދެއްވަނީ ކީއްވެގެންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ.

އަނިޔާވެރިއަކު މީހަކަށް ހަމަ އަނިޔާއެއް ކުރާއިރަށް އެމީހަކަށް އުގޫބާތެއް ވެސް ނުދެއްވާނެތެވެ. ބައެއްފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތައުބާވުމަށްޓަކައެވެ. އަނެއްބައި ފަހަރު އޭނާއަށް އުގޫބާތް ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައެވެ
ހުކުރު ޚުތުބާ

އަނިޔާވެރިންނަށް އިތުރު މުހުލަތެއް ދެއްވަނީ އެމީހުން އެ އަނިޔާވެރިކަމެއްގައި އިތުރަށް ކުރިއަށްގޮސް އެތަނެއްގައި އުޅޭ ބަޔަކަށް އެކަން އެނގިދެނިވުމަށް ޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެމީހަކާ ދެކޮޅަށް އާޚިރަތް ދުވަހު ހިސާބު ބެލެވޭއިރު، އެމީހުން ހެކިވެރިންގެ ގޮތުގައި ތިބޭނެ ކަމަށާއި، އަނިޔާވެރިޔާ އޭނާގެ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައިދިޔަ ވަރަކަށް އޭނާއަށް ލިބޭ ވޭން ބޮޑުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފިރުއައުނަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަ މީހެއް ކަމަށާއި، މޫސާގެފާނާއި، ހާރޫންގެފާނު މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް ފިރުއައުނުގެ ގާތަށް ވަޑައިގެން އޭނާއަށް ހައްގުގޮތް ބަޔާންކޮށްދެއްވައި މާތްﷲ ގެ މުއުޖިޒާތްތައް ދެއްކެވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއެކު، އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔައީކަމަށް ބުނެފައިވެއެވެ.

މިފަދަ ބޮޑު އަނިޔާވެރިއެއް ކަމުގައިވީ ހިނދު ވެސް މާތްﷲ އޭނާއަށް މުހުލަތު ދެއްވިއެވެ. އަދި އެއަށްފަހު ﷲ ގެ އަޒާބު ފޮނުއްވައި ހަލާކު ކުރައްވައި ނެތިކުރެއްވިއެވެ. އަދި އޭނާއަށް ގަދަފަދަވެގެންވާ އަޒާބު ލިބިގެންވާކަން ބަޔާންކުރެއްވިއެވެ.
ހުކުރު ޚުތުބާ

މާތްﷲ އަނިޔާވެރިންނަށް ދެއްވާ މުހުލަތުގެ ތެރޭގައި އެމީހުން އަނިޔާވެރިވާނަމަ އެކަންތައް ވާނީ އެމީހުންނަށް ވާ އިމްތިހާނަކަށް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަނިޔާވެރިންނަށް އުގޫބާތް ދެއްވުމުގައި އެކަލާނގެ އަވަސްވެވޮޑިނުގަންނަވަނީ އެކަލާނގެ އޯގާވަންތަކަމުންނެވެ. އަދި ކޯފާގެ މައްޗަށް ރަހްމަތްފުޅު އިސްކުރައްވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް