ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 11:48
ވިލާ ކޮލެޖުން ޓެއިލާސް ޔުނިވާސިޓީއާއެކު ޕާޓްނަރޝިޕް ޤާއިމުކުރުން
ވިލާ ކޮލެޖުން ޓެއިލާސް ޔުނިވާސިޓީއާއެކު ޕާޓްނަރޝިޕް ޤާއިމުކުރުން
ރާއްޖެއެމްވީ
ވިލާ ކޮލެޖް
ވިލާ ކޮލެޖުން ޓެއިލާސް ޔުނިވާސިޓީއާއެކު ޕާޓްނަރޝިޕް ޤާއިމުކޮށްފި
ވިލާކޮލެޖުން ވަނީ ޓެއިލާސް ޔުނިވާސިޓީއާ ގުޅިގެން އައު ކޯސްތަކެއް އިއުލާންކޮށްފައި

ވިލާ ކޮލެޖުން މެލޭޝިޔާގެ ޓެއިލާސް ޔުނިވާސިޓީއާއެކު ޕާޓްނަރޝިޕް ޤާއިމުކޮށްފިއެވެ.

ވިލާ ކޮލެޖުން ބުދަ ދުވަހު ގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޕާޓްނަރޝިޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމެވެ.

އަދި އެ ކޮލެޖުން ވަނީ ޓެއިލާސް ޔުނިވާސިޓީއާ ގުޅިގެން އައު ކޯސްތަކެއް އިއުލާންކޮށްފައެވެ. އެގޮތުން ބެޗްލާ އޮފް ކަލިނަރީ މެނޭޖުމަންޓު ކޯހާއި ބެޗްލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމަންޓު ކޯހާއި ބެޗްލާސް އޮފް މާސް ކޮމިއުނިކޭޝަންސް ކޯސް ވަނީ އިއުލާންކޮށްފައެވެ. މީގެއިތުރުން މާސްޓާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމަންޓު ކޯހާއި މާސްޓާސް އޮފް ކޮމިއުނިކޭޝަން ކޯސް ވެސް އިއުލާންކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން އަލަށް ތައާރަފު ކުރި މި ކޯސްތަކަކީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ތައުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ޓެއިލާސް ޔުނިވާސިޓީގެ ވައިސް ޗާންސެލާ، ޕްރޮފެސަރު މައިކަލް ޑުރިސްކަލް ވިދާޅުވީ ކުރިއަތް އޮތް ތާނގައި މި ޕާޓްނަރޝިޕްގެ ދަށުން ތައުލީމީ ޕްރޮގުރާމުތައް ފުޅާދައިރާއެއްގައި ހިންގާނެ ކަމަށެވެ.

ޓެއިލާސް ޔުނިވާސިޓީން ތައުލީމު ހާސިލުކޮށްފައިވާ ބައެއް ދަރިވަރުންގެ ހިޔާލުވެސް ރޭގެ ރަސްމިއްޔާތުގައި ހިއްސާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް