ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 13:35
 މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދު
ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް
ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައި ނަމަވެސް އެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އޮތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ
ރާއްޖޭގައި އިޤްތިސާދީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ (ބޭރު ފައިސާ) ފޮރެއިން ކަރަންސީގެ މައްސަލަކަމަށް ނާޒިމް ވިދާޅުވި
ޕްރޮގްރާމްތަކަށް ފަންޑުކުރުމުގައި ޕްރޯ އެކްޓިވް ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި

ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑްސް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި އިޤްތިސާދީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ (ބޭރު ފައިސާ) ފޮރެއިން ކަރަންސީގެ މައްސަލަކަމަށް ނާޒިމް ވިދާޅުވިއެވެ. އިނގިރޭސި ވިލާތާއި މެލޭޝިއާ ފަދަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ކޯސްތަކާއި އެއް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖު މެދުވެރިކޮށް ހޯދާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވަނީ އެކަމުގެ ސަބަބުން ބޭރު ފައިސާ ރާއްޖެއިން ބޭރުވާ މިންވަރު ސަލާމަތް ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ކިޔެވުމުން ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދުތަކާއި، ކެއިން ބުއިމަށް ކުރަން ޖެހޭ ޚަރަދުތައް ފަދަ ޚަރަދުތައް ކުޑަ ކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ކޯސްފީގެ ބޮޑު މިންވަރެއް ސަލާމަތް ކުރެވޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ތައުލީމީ ނިޒާމް ބައްޓަންކޮށް މަތީ ތައުލީމްގެ ސިޔާސަތުތައް އެކުލަވާލާއިރު އެކަމަށް ވިސްނަން ޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ހަރުދަނާ ކުރެވޭނީ އޭރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެފަދަ ޕްރޮގްރާމްތަކަށް ފަންޑުކުރުމުގައި ޕްރޯ އެކްޓިވް ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށާއި ސިޔާސީ މީހުންގެ ހައިސިއްޔަތުން އެކަމަށްޓަކާ ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ނާޒިމް ވަނީ ދެއްވާފައެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށް ނޫން ނަމަ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އިތުރު ވަޒީފާ އުފެދޭނެ އެކި ގިންތީގެ. އޭގެ ތެރޭގައި ޓައި އަޅައިގެން މަސައްކަތްކުރާ ވައިޓް ކޯލާ މުވައްޒަފުންނަށް ފަހި ފުރުސަތުތަކެއް ހުންނާނެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ނާޒިމް ވަނީ ރާއްޖޭގައި މަސައްކަތްތެރިން މަދު ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެއީ ވެސް ބޭރު ފަައިސާގެ މައްސަލަ ހައްލުވާނެ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައި ނަމަވެސް އެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އޮތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މަސައްކަތުގެ މާހައުލުގައި ވަރަށް ބައިވަރު ދަތިތަކާއި ދިމާވާ ކަމަށާއި އެކަންކަން ދިމާވާ އެއް ސަބަބަކީ ވާދަވެރި މާހައުލަކަށް ނުކުމެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ވާދަކުރަންވީ އަމިއްލަ ނަފްސާއި ކަމަށާއި އޭރުން ކަންކަން ރަނގަޅަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދަސްވެނިވި ޒުވާނުންނަކީ ގިނަ ކަންކަމާއި ކުރިމަތިލާފައިވާ ބައެއް ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޤައުމަށް ޚިދުމަތްކުރުމުގަ އެ ކަމުން ހިތްވަރު ލިބިގަތުމަށް ޢިލްތިމާސްކުރައްވާފައެވެ. ނާޒިމް ވަނީ ވިލާ ކޮލެޖުން ތައުލީމް އުނގަންނާ ދިނުމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ އެކަމަށް ތައުރީފްކުރައްވާފައެވެ. ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކުރުމުގެ ބިލެއް މިހާރު މަޖިލީހުގައި އޮތް އިރު އުންމީދަކީ ދެން އޮންނަ ދަސްވެނިވުމެއްގައި ވިލާ ޔުނިވަރސިޓީގެ ނަމުން މުޚާތަބުކުރުމުގެ ފުރުސަތު ލިބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް