ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 19:19
ވިލާ ކޮލެޖު ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވިލާ ކޮލެޖު ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ވިލާ ކޮލެޖުގެ ދަސްވެނިވުން
ވިލާ ކޮލެޖުން 1000ށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން މިފަހަރު ދަސްވެނިވިގެން ދިޔަ ދަރިވަރުންގެ ތެރެއިން 71 އިންސައްތައަކީ އަންހެން ދަރިވަރުން
މި އަހަރު 53 ޕްރޮގްރާމްއަކުން ދަރިވަރުން ދަސްވެނިވެފައިވޭ
ވިލާ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތައުލީމީ މުއައްސަސާއެއް

ވިލާ ކޮލެޖުން 1000ށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

28 ސެޕްޓެންބަރު 2024 ގައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 1237 ދަރިވަރުން ދަސްވެނިވިފައިވެއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ.

ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ދަސްވެނިވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ފެކަލްޓީ އޮފް ޝަރީޢަ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓަރ ސްޓަޑީޒްގެ ދަރިވަރުން ހިމެނެއެވެ. މެންދުރު ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވިފައިވަނީ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ސްކޫލް އޮފް ސައިކޮލޮޖީ، ފެކަލްޓީ އޮފް ޝަރީޢަ އެންޑް ލޯ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ދަރިވަރުންނެވެ.

މި އަހަރު 53 ޕްރޮގްރާމްއަކުން ދަރިވަރުން ދަސްވެނިވެފައިވާއިރު، މީގެ ތެރެއިން 15 ޕްރޮގްރާމަކީ ޔުނިވާރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ދަސްވެނިވުން ދަރިވަރުން އަދި 38 ޕްރޮގްރާމްއަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ. ވިލާ ކޮލެޖުން މިފަހަރު ދަސްވެނިވިގެން ދިޔަ ދަރިވަރުންގެ ތެރެއިން 71 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ. އަދި 29 އިންސައްތައަކީ ފިރިހެން ދަރިވަރުން ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވަނީ ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، އެދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ވިލާ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތައުލީމީ މުއައްސަސާއެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޑރ.ނަޖީބު ވިދާޅުވީ މިދިޔަ އަހަރާއި ބަލާއިރު ދަސްވެނިވިފައިވާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ފާހަގަ ކުރެއްވި ގޮތުގައި ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން ނުވަތަ އެ ޕްރޮގްރާމްތައް ނިންމުމުން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބއުޓްތައް އަށަގަންނަގޮތަށް ކަމަށެވެ. އަދި މި ސިފަތަކުގެ ތެރޭގައި ހިމެނޭ އިލްމު ހޯދުމުގެ ގާބިލުކަމާއި، ކަންކަން ތަރައްގީކޮށް ކުރިއެރުވުމުގެ ރޫހާއި އަދި ފަންނީ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރު ކޮށްފައިވާނެކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

ފައުންޑަރ އޮފް ވިލާ ކޮލެޖު، ގާސިމް އިބްރާހިމް ވިދާޅުވީ ދަރިވަރުން ދަސްވެނިވެގެންދާނީ ކުރި ބުރަ މަސައްކަތުން ކަމަށާއި، އުނގެނިފައިވާ ތައުލީމާއި، ލިބުނު ތަޖުރިބާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގައި މޮޅުކަން ހޯދުމަށް ދަރިވަރުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިލާ ކޮލެޖަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން އުފެއްދުމަށް އިސްކަންދޭ މުއައްސަސާއެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދަސްވެނިވުމުގެ ދެވަނަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު އަހުމަދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވަނީ ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ދަރިވަރުންގެ ކޯސްތަކުގެ ބޭނުން ހެޔޮގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބާރުއެޅުއްވިއެވެ.

ވިލާ ކޮލެޖުން 2009-2024ގެ ނިޔަލަށް 21،200 ދަރިވަރުން ދަސްވެނިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
30 ސެޕްޓެންބަރ 2024 | ހޯމަ 00:29
މާޒިން
ތިޔައީ 70 ވިލާ ކޮލެޖަށް ލިބުނު 80 މިލިޔަނަށް ވުރެ ބޮޑު އާމްދަނީއެކެވެ.