ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 08:57
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް
ފޭސްބުކް
ޝިމާޒް ވަކިކުރުމުގެ މައްސަލަ
ޝިމާޒް ވަކިކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމާ - ތަރުޖަމާނު
ޝިމާޒް މަގާމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައިވަނީ، އެ ވުޒާރާގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭތީ

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އެޅުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް, ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ, ޝިމާޒް މަގާމުން ވަކިކޮށްދެއްވުމަށް އެދި، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާތީ، އެކަމާގުޅޭގޮތުން "ރާއްޖެ އެމްވީ"ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިއުވާން ވިދާޅުވީ، އޭނާއާމެދު ފިޔަވަޅެއް އަޅަންޖެހޭތޯ ބެލުމަށްފަހު އެކަން ކުރަންޖެހޭނަމަ، އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށެވެ. އަދިވެސް އެ މައްސަލަ ބެލުން ކުރިއަށްދާކަން މިއުވާން ފާހަގަކުރެއްވިއެވެ.

ޝިމާޒްގެ މައްސަލަ ބަލައިދިނުމަށް އެދި މިފަދަ ސިޓީއެއް ހުށަހަޅާފައިވާތާ މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަނީ ފާއިތުވެފައެވެ.

ޝިމާޒް މަގާމުން ވަކިކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވަނީ، އެ ވުޒާރާގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީއެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ކުންފުންޏަށް އެހީތެރިވުމާގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުންނާ ގުޅުންހުރި މައްސަލައެއް އޭސީސީން ވަނީ ބަލާފައެވެ.

Advertisement

Advertisement
- ކޮމެންޓް