އެއާރޕޯޓުގެ ސެކިއުރިޓީ، ނުވަތަ އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށާއި، އެއާރޕޯޓެއް ސަލާމަތާއި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަށް ވަރަށް ގިނަ ކަނަކްނަ ފުރިހަމަ ކުރަން ޖެހިފައިވާ ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.
ފަޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ.
އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުދޭތީ ޑިފެންސް މިނިސްޓްރީން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހެއެވެ.
ޑިފެންސުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ހުއްދަ ނުހޯދައި، މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ދާއިރާގެ ބައެއް މީހުން ކުރަމުން އަންނަކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެފަދަ ތަމްރީނުތައް ދިނުމާ ބެހޭ ގޮތުން ހަދާފައިާ އުސޫލާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށެވެ.
މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ފަޔާޒު ވިދާޅުވީ އޭއާރޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބޭ އޭވިއޭޝަން ސެކިއުރިޓީ އަކީ މިހާރު ގާނޫނެއް ވެސް އޮތް ބައެއް ކަމަށާއި އެ ފަރާތްތަކުން މިފަދަ ކޯސްތަކާއި އެއްޗިސް ހުއްދަ ނުހޯދާ ކިޔަވައިދީ، ތަމްރީނުތައް ދެމުންގެންދާ ކަން ޑިފެންސް މިނިސްޓްރީއަށް އެނގެން ޖެހޭނީ މިއަދަކު ނޫން ކަމުގައެވެ.
ފަޔާޒް ވިދާޅުވީ އެމްއޭސިލްގައި އޭވިއޭޝަން ސެކުރިޓީ އެއް އޮންނަ އިރު އެތަނުގައި ސިފައިންގެ ބޭފުޅުންނާއި ފުލުހުންގެ އިތުރުން އިންޓެލިޖެންސް ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށެވެ. އެގޮތުން އެތަނަކީ ވުޖޫދުވެގެން އައިއިރުވެސް އެއީ ގަވައިދުން ބޭރުން އުޅޭ ބައެއް ކަން އެ ފަރާތްތަކަށް އެނގެން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ މިފަދަ ކަންކަން މިހެން ހިނގަމުން އަންނައިރުގައި ވެސް އެވެސް ފަރާތަކަން މިފަދަކަންކަން އެނގޭ ކަމަށް ވެސް ނުހަދާ ކަމަށާއި މިކަމުން ވެސް އެނގިގެން ދަނީ މި ގައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ކަމަށެވެ.
ފަޔާޒް ވިދާޅުވީ ޖުމުލަކޮށް އެއާރޕޯޓުގެ ހުރިހާ ކަމަކީ ވެސް އޭވިއޭޝަން ސެކއިރިޓީން ބަލަހައްޓަން ޖެހޭ ކަންކަން ކަމަށާއި މިއީ މިކަމުގައި އެމްއޭސީއެލް އިން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށެެވެ.
ފަޔާޒް ވިދާޅުވީ މިހާރު އޮތްގޮތުން އޭވިއޭޝަން ސެކިއުރިޓީން ބަލަހައްޓަނީ ހަމަ އެކަނި ޓާމިނަލުން ތަންކޮޅެއް ކަމަށާއި އަނެއްބައި މި ބަލަހައްޓަނީ އެމްއޭސީއެލް ގެ ފަރާތުން ހަދާފައި އޮންނަ ސެކިއުރިޓީ އަކުން ކަމަށެވެ. އެހެން ކަމުން ހަގީގަތަށް ބަލައިފި ނަމަ އެއާރޕޯޓުގެ އެއާރސައިޑުގެ އެންމެ ކްރިޓިކަލް ކޮމްޕޯނަންޓް ތަކަށް ވަރަށް ފަސޭހައި ވަދެވެން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއި ޚިލާފަށް މުޅި އެއާރޕޯޓުގެ ހުރިހާ ސަރަހައްދެއް ވެސް އޮންނަން ޖެހޭނީ އޭވިއޭޝަން ސެކިއުރިޓީގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި ވަރަށް ރަނގަޅަށް ބެލެހެއްޓިފައި ކަމަށް ފަޔާޒް ވިދާޅުވިއެވެ.
މިއަދު މި ފާހަގަވަނީ ހަމަ އެކަނި ޓާރމިނަލްގައި ނުވަތަ ބޭރުން ތަންކޮޅެއްގައި އޭވިއޭޝަން ސެކިއުރިޓީ މިއުޅެނީ. ދެން ކޮބާހޭ ބާކީ ތަންތަނުގެ ސެކިއުރިޓީ. މީގެން އެއްވެސް ތަނެއްގައި މައްސަލައެއް ޖެހިއްޖެއްޔާ މުޅި އެއާރޕޯޓް ޝަޓްޑައުން ވާނެ. ހުރިހާ ކަމެއް ހުއްޓުމަކަށް އަންނަނާނެ. އެހެން ކަމުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ލެވެލްއަކަށް އެއާރޕޯޓުގެ ކަންތައްތައް މި ހުންނަނީ
ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ)![]()
މީގެ އިތުރުން ފަަޔާޒް ވިދާޅުވީ މިއަދު މުޅިން އާ ޓާމިނަލެއް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، އެކަން ކުރަމުން ގެންދަނީ ވެސް ވަރަށް ބޮޑަށް ސަމާތަކީ ކަންކަން ވަރުގަދަކޮށް، ހުރިހާކަމެއް ވެސް ފުރުހަމަ ވެގެންކަމަށް ބުނަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއަދުވެސް އެއާރޕޯޓުގެ ހާލަތަށް ބަލާއިރު ދޯހަޅި ވަރަށް ގިނަ ކަންކަން އެތަނުން އެބަ ފާހަގަވާ ކަމަށާއި އެގޮތުން އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ އެއްވެސް ކަމާއި ގުޅޭ ތަމްރީނެއްނެތި ސިޔާސީގޮތުން އެއްތަކެއް ސަތޭކަ ބަޔަކު ވަޒީފާތަކަށް ވައްދާފައި ވުމެވެ.