Advertisement
ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 07:56
ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯހުގެ ބައިވެރިން
ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯހުގެ ބައިވެރިން
އެމްއެންޑީއެފް
ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯސް
ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯސް ނިންމާލައިފި
މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 12 ސެއިލަރުންގެ އިތުރުން، ބަންގްލަދޭޝް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 8 ސެއިލަރުން ބައިވެރިވި

އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ (ވީބީއެސްއެސް) އިންޓަރނޭޝަނަލް ކޯސް" ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބަންޑާރަ ކޮށީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ އިންސްޓްރަކްޓަރުންނަށް އަގުވަޒަންކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޒު ހަސަން ޒަމީލެވެ. މި ރަސްމިއްޔާތުގައި، ކޯސް ހިނގައިދިޔަ ގޮތުގެ ރިމާކްސް ދެއްވީ ޔޫއެންއޯޑީސީގެ އެސޯސިއޭޓް ޕްރޮގްރާމް އޮފިސަރ، ޖޯޝުއާ އާޓެޓާ ގޮންޒާލޭޒްއެވެ. އަދި، ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ އިންސްޓްރަކްޓަރުން ކަމުގައިވާ ޕައުލް ރޮބަރޓްސްއާއި ޔޯހާން ހެންޑްރިކްއެވެ.

Advertisement

ޔޫއެންއޯޑީސީގެ "ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް"ގެ ދަށުން ހިންގި މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 12 ސެއިލަރުންގެ އިތުރުން، ބަންގްލަދޭޝް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 8 ސެއިލަރުން ބައިވެރިވިއެވެ. ނޮވެންބަރު 13 ވަނަ ދުވަހުން ފެށިގެން، ދެ ހަފުތާގެ މުއްދަތަށް ވިލިމާލޭގައާއި މާލޭ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށްގެންދިޔަ މި ކޯހުގައި، ކަނޑުމަތީގެ ގާނޫނާއި ގަވާއިދުގެ އިތުރުން، ކަނޑުމަތީގެ އޮފަރޭޝަންތައް ހިންގާނެ ގޮތްތަކާއި، ކަނޑުމަތިން އުޅަނދުފަހަރަށް އަރައި ސިފައިން ހަރަކާތްތެރިވާނެ ގޮތްތަކާއި، ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މި ކޯހުގެ ފައިނަލް އެކްސަރސައިޒް، ހުޅުމާލޭ ބޭރުން ކަނޑުމަތީގައި ވަނީ ބާއްވާފައެވެ. ހުޅުމާލޭގެ ހުޅަނގުފަރާތު ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ފައިނަލް އެކްސަރސައިޒް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިއާ އަހްމަދު ދީދީއާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް އެސްއެމް އަބްދުލް ކަލާމް އާޒާދުއާއި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރު ސާދިގު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް