Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 17:30
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު
ރާއްޖެއެމްވީ
އަހުމަދު އަދީބު
އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން ހުދު ރޮނގެއް އެބަހުރި، ލޮލުގެ ކުލަ ދަނީ ބަދަލުވަމުން: ސިރާޖު
އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް ފޮނުވައިފިނަމަ ފިއްލަވާފާނެކަމަށް ސަރުކާރުން ބުނޭ
އަދީބަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް ވަކީލު ވިދާޅުވި

އަދީބުގެ ލޮލުގެ ކުލަދަނީ ބަދަލުވަމުން ކަމަށާއި ލޮލުގެ ކަޅީގެ ތެރެއަށް ފެތުރޭ ގޮތަކަށް ހުދު ރޮނގެއް އެބަހުރި ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ކޮމިޝަނަރ އޮފް ޕޮލިސްއަށް ހޮނިހިރު ދުވަހު ފޮނިއްވި ސިޓީގައި ވިދާޅުވެފައިވަނީ އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން، ކަޅީގެ އެތެރެއަށް ފެތުރޭ ގޮތަކަށް ހުދު ރޮނގެއް ހުރި ކަމަށް، އެންމެ ފަހުން އަދީބް އާ ބައްދަލުކުރެއްވިއިރު ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.  އަދީބުގެ ލޮލުގެ ކަޅި ވަށައިގެން ކުލަ ބަދަލުވަމުންދާކަން ފާހަގަ ކުރެވިފައި ވުމާއެކު އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށް ސިރާޖު ސީޕީ އަރީފަށް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

" މިހާރު އަޅުގަނޑުގެ މުވައްކިލުގެ ލޮލުގެ ކަޅީގެ ވަށައިގެން، ކަޅިގެ ތެރެއަށް ފެތުރޭ ކަހަލަ ގޮތަކަށް ހުދު ރޮނގެއް ހުރިކަން އެންމެ ފަހުން ވަކީލުން ބައްދަލުކުރި ދުވަހު ވަނީ ފާހަގަ ކުރެވިފައި"  ސިރާޖު، އަރީފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ސިރާޖު ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުން ދާކަން ފާހަގަކުރެއްވޭ ކަމަށެވެ.  އެހެންކަމުން އަދީބަށް މި ހާލަތުގައި ކުއްލި ކަމެއް މެދުވެރިވެދާނެތީ އެމަނިކުފާނުގެ ހާލު ކައިރިން ބައްލަވަމުން ގެންދެވުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ވެސް ޕޮލިސް ކޮމިޝަނަރު އަރީފުގެ އަރިހުން ސިރާޖުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބުގެ ފުރާނަ ގެއްލިދާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އަދީބު ފަރުވާއަށް ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެވެން ނެތީ ފިއްލަވާފާނެއަތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް