Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 17:12
ހޮޓް އެއާ ބެލޫންފެސްޓިވަލް 2017
ހޮޓް އެއާ ބެލޫންފެސްޓިވަލް 2017
ރާއްޖެއެމްވީ
ހޮޓްއެއާ ބެލޫންފެސްޓިވަލް 2017
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫންފެސްޓިވަލެއް ބާއްވަނީ
ފެސްޓިވަލް ކުރިއަށްދާނީ ޖޫން 25 އަދި 26 ވަނަ ދުވަހު

ޔުނިކްސް ސްޕޯޓިންގ އާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫންފެސްޓިވަލެއް އީދު ދުވަހާ ދިމާކޮށް ބާއްވަން ނިންމައިފިއެވެ.

ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، ޖޫން 25 ވަނަ ދުވަހުން ފެށިގެން ޖޫން 26 އާއި ހަމައަށެވެ. ފެސްޓިވަލް ކުރިއަށް ގެންދިއަމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 04:00 އިން ރޭގަނޑު 10.00 އާއި ހަމައަށެވެ.

ފެސްޓިވަލް އިންތިޒާމްކުރާ ފަރާތަކުން ބުނީ މިއީ ރާއްޖޭގައި ބާއްވަ މިފަދަ ފުރަތަމަ ފެސްޓިވަލް ކަމަށާއި ހޮޓް އެއާ ބެލޫންގެ އަޖުމަ ބަލާލުމަށްޓަކައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށެވެ.

މި ފެސްޓިވަލްގައި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ކުޑަކުދިންނަށް ޙާއްސަކޮށްގެން އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މިއުޒިކު ޝޯ ތަކާއި އެކި އިވެންޓުތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާނެއެވެ.    

މި ހަރަކާތުގައި ބޭނުން ކުރަނީ ބޭރު ކުންފުންޏެއް ކަމަށްވާ ފްލައިންގް މީޑިއާގެ ހޮޓްއެއާ ބެލޫންތަކެވެ. އަދި މި ބެލޫންތައް އޮޕަރޭޓުކޮށް އުދުއްސައިދިނުމަށްވެސް ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް