Advertisement
ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 17:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ހުޅުމާލެ ޕްލޭނިންގ ގަވާއިދު
ހުޅުމާލޭ ޕްލޭނިންގ ގަވާއިދު ގެޒެޓްކުރަން ފޮނުވުމަށް، ހައުސިންގ މިނިސްޓްރީއަށް އަންގަން ފާހެއްނުވި
19 މެމްބަރުން ވަނީ ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވާފައި
40 މެމްބަރުން ވަނީ ކޮމިޓީ ރިޕޯޓް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައި

އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 1ގައި ހިމެނޭ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު" ގެޒެޓް ކުރުމަށް ފޮނުވަން ހައުސިންގ މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއްނުވިއެވެ.

މި ގަވާއިދު, އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލިހުން ފާސްކޮށް އެކަން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެގަވާއިދު ގެޒެޓްކޮށްފައިނުވާތީ އެކަން ވަނީ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކޮށްފައެވެ. ކޮމިޓީން މިކަން ދިރާސާކުރުމަށް ނިންމާފައިވަނީ، ކޮމިޓީ ރިޕޯޓް ފާސްކުރާތާ 7 ދުވަހުގެ ތެރޭގައި އެ ގަވާއިދު ގެޒެޓްކުރުމަށް ރައީސް އޮފީހަށް ފޮނުވުމަށް މިނިސްޓްރީއަށް އެންގުމަށެވެ.

ކޮމިޓީ ރިޕޯޓް ފާސްކުރަން ފެނޭތޯ އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުން ވަނީ ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ނަމަވެސް 40 މެމްބަރުން ވަނީ ކޮމިޓީ ރިޕޯޓް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ.

Advertisement

މި ގަވާއިދު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައެވެ. ނަމަވެސް މި ގަވާއިދު ގެޒެޓްކޮށްފައިނުވާތީ، އެކަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމިޓީ ރިޕޯޓްގެ ބަހުސް މަރުހަލާގައި އެކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް އަމަލުކުރައްވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، އަމަލުކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަކަމަށެވެ. އެނޫންގޮތަކަށް އަމަލުކުރުމަށް ގާނޫނުން ސަރުކާރަށް ތަންނުދޭކަމަށާއި، ގާނޫނުގައި ބުނާގޮތަށް އަމަލުނުކުރުމަކީ ގާނޫނާ ޚިލާފުވުންކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމާގުޅޭގޮތުން ޝަރީއަތަށް ވަޑައިގަތުމަށް ނުވަތަ މެންބަރުން ބޭނުންފުޅުވާގޮތަކަށް ނިންމެވިދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށްވާއިރު، ވަޒީރަކީވެސް އެމްޑީޕީ ވަޒީރެއްކަމަށާއި އެހެންކަމުން ކަންކަން ފަސޭހައިން ކުރިއަށްގެންދިޔުމުގެ މަގު ތަނަވަސްވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވައިގެން އެ އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ގެންދިޔުމުގެ ފުރުސަތު ވަރަށް ފަހިކޮށް މަޖިލީހުގަ ހުޅުވިފަ އެބައޮތް. އެހެންވާއިރުވެސް ވަރިހަމަކުރައްވާ، އަޅާނުލައްވާ ބާއްވަވާފަ، ތިމަންނާއަށް ފެނުނުގޮތް އެއީ ގޮތްކަމަށް ނިންމަވާ، އެގޮތަށް އަމަލުކުރަމުން ގެންދިޔުން އެއީ ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭކަމެއް ނޫން.، އަޅުގަނޑު ދަންނަވާނީ މީ އަޅުގަނޑުގެ ކަންބޮޑުވުން ހުރި ކަމެއްގެ ގޮތުގަ. މިކަމާ ގުޅޭގޮތުން މައްސަލަ ގާނޫނާ ޚިލާފުވެފަ އޮތް މިންވަރާ، ކުރިއަށްގެންދިޔުމަށް މެމްބަރުން ވިސްނަވާނެ ކަމަށް ދެކެން. ނޫންނަމަ މިބާވަތުގެ ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް.
ރައީސް މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް