ކ. މާލެ
|
1 ނޮވެންބަރ 2025 | ހޮނިހިރު 09:02
ހިޔާ ޓަވަރުތަކުގެ ފްލެޓެއް
ހިޔާ ޓަވަރުތަކުގެ ފްލެޓެއް
ޝިއުނާ ސޯލިހް
ހިޔާ ޓަވަރު
ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިއްޖެ
އެ މީހާ ވެއްޓުނީ ކާމިލް ދީދީ ސްކޫލުގެ ކުރިމައްޗަށް

ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިއްޖެ އެވެ.

ރާއްޖެއެމްވީ އަށް މަންޒަރު ދުށް މީހަކު ބުނީ، އެ މީހާ ވެއްޓުނީ ކާމިލް ދީދީ ސްކޫލުގެ ކުރިމައްޗަށް ކަމަށެވެ.

އެއީ ގާތްގަނޑަކަށް 8:45 ހާއިރު ކަމަށް އެމީހާ ބުންޏެވެ.

އެމީހާ ބަންޑުން އޮތްއިރު، ގިނަ އަދަދެއްގެ ލޭ އެސަރަހައްދުގައި ހުއްޓެވެ. އެމީހާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

- ކޮމެންޓް