ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 11:14
ސޮލޮމޮން އައިލެންޑަށް ބިންހެލުން އައި ސަރަހައްދު
ސޮލޮމޮން އައިލެންޑަށް ބިންހެލުން އައި ސަރަހައްދު
ބީބީސީ
ސޮލޮމޮން އައިލެންޑް ބިންހެލުން
ސޮލޮމޮން އައިލެންޑަށް އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފި
ބައެއް އިމާރާތަތްކަށް ގެއްލުންވެފައިވޭ
ސުނާމީގެ އިންޒާރު ވަނީ ދަށްކޮށްފައި

ސޮލޮމޮން އައިލެންޑަށް އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފިއެވެ.

ސޮލޮމޮން އައިލެންޑަށް އައީ 7 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ބިން ހެލުން އައިސްފައިވަނީ ސޮލޮމޮން އައިލެންޑުގައި ހިމެނޭ މަލަންގޯއަށެވެ.

7 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އޭގެ 30 މިނެޓް ފަހުން 6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ފުރަތަމަ ބިންހެލުން އައިީ ވެރިރަށް ހޮނައިރާގެ ހުޅަނގު ދެކުނުން 56 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއޯލޮޖިކަލް ސަރވޭއިން ބުނެއެވެ.

ސޮލޮމޮން އައިލެންޑް އަށް އައި ބިންހެލުމާއި ގުޅިގެން އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިރިއޮލޮޖީން ބުނެފައިވަނީ އެ ސަރަހައްދަށް ސުނާމީއަށް ނާރާނެ ކަމަށެވެ.

ބިންހެލުމާއި ގުޅިގެން ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ބިންހެލުމާއި ގުޅިގެން އެކަމުގެ މައުލޫމާތު ސާފުކުރުމުގައި ދަތިތަކެއް ހުރިކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވަނީ ވިދާޅުވެފައެވެ. އަދި ބިންހެލުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ސޮލޮމޮން އައިލެންޑުގެ މީޓިރިއޮލޮޖިކަލް ސަރވިސް އިން ބުނެފައިވަނީ ބިންހެލުމާއި ގުޅިގެން އައްސޭރިފަށުގައި އާދަޔާ ހިލާފަށް ކަނޑުގެ އޮއިވަރަށް ބަދަލުއަތުވެދާނެ ކަމަަށެވެ. ސުނަމީގެ އިންޒާރު ދަށްކޮށްފައިވާ ކަމަށްވެސް ބޭރުގެ މިޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާގެ ސުނާމި ވަރނިން ސިސްޓަމުން ދައްކާ ގޮތުން 0.3 މީޓަރުގެ ރާޅުތައް އައުމަކީ އެކަށީގެންވާ ކަމަށެވެ.

ޕަޕުއާ ނިއުގިނީއިން ވެސް ވަނީ 0.3 މީޓަަރުގެ ރާޅު އަރާފާނެކަމަށް ލަފާކޮށްފައެވެ.

ވެރިރަށް ހޮނައިރާގެ މީހުންނަށް ބިންހެލުމާއެކު އެކަމުގެ އަސަރުކޮށްފައެވެ. ބައެއް ތަކެތި ވެއްޓިފައިވާއިރު އިމާރާތްތަކާއި އުޅަނދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ސޮލޮމޮން އައިލެންޑަށް ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ޖާވާ އައިލެންޑް ކައިރިއަށް އައި ބިންހެލުމުގައި 160 މީހުން މަރުވެ 700 އެއްހާ މީހުން ޒަހަމްވިތާ 48 ގަޑި އިރުތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް