Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 05:08
މީގެ ކުރިން އަހަރެއްގައި ފިޠުރު ޢީދު ނަމާދު ކުރުން މާފަންނު ސްޓޭޑިއަމްގައި ކުރިއަށްދަނީ
މީގެ ކުރިން އަހަރެއްގައި ފިޠުރު ޢީދު ނަމާދު ކުރުން މާފަންނު ސްޓޭޑިއަމްގައި ކުރިއަށްދަނީ
ރާއްޖެ އެމްވީ
ފިޠުރު ޢީދު 1438
މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
މާލޭގެ 15 މިސްކިތެއްގައި ޖަމާއަތުގައި އީދު ނަމާދު ކުރާނެ
ވިލިމާލޭގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރާނީ ބޯޅަދަނޑުގައި
ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ސެންޓްރަލް ޕާރކްގައި

މާލޭގައި ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް މި އަހަރުވެސް މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ނިންމައިފިއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައި ވަނީ މާފަންނު ސްޓޭޑިއަމްގައެވެ. މާފަންނު ސްޓޭޑިއަމްގައި ފިޠުރު ޢީދު ނަމާދު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ސަރަހައްދު ތައްޔާރުކޮށްފައެވެ.

ސްޓޭޑިއަމްގައި ޢީދު ނަމާދު ކުރިނަމަވެސް މާލޭގެ އެހެން މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މާލޭގެ 15 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. ވިލިމާލޭގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރާނީވިލިމާލޭ ބޯޅަދަނޑުގައެވެ. ވިލިމާލެ މަސްޖިދުއްސަލާމްގައިވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މީގެ އިތުރުން މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީއާއި ހުޅުމާލެ ވަގުތީ މިސްކިތުގައި ޢީދު ނަމާދު ކުރާނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މާފަންނު ސްޓޭޑިއަމްގައި އެފަހަރު ބޭއްވި އީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް