ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 18:57
ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް
ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް
ހައި ކޯޓް
ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ
ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި
އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދުއާ ވަގުތީގޮތުން ވަނީ ހަވާލުކޮށްފައި

ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ހާތިފް ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ހާތިފް ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވުމާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދުއާ ވަގުތީގޮތުން ހަވާލުކުރަން ނިންމަވާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ހާމަކޮށްފައެވެ.

ޖޭއެސްސީން އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ; "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު"ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޒު ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެން، 18 ނޮވެންބަރު 2022 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދުއާ ހަވާލުކުރުމަށް އެ ކޮމިޝަނުންވަނީ ނިންމާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް