ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 08:47
ރާއްޖެޓީވީގެ އީދު ޝޯ "ދަސްތާ"
ރާއްޖެޓީވީގެ އީދު ޝޯ "ދަސްތާ"
މުހައްމަދު ޝަރުހާން
އީދު ޝޯ ދަސްތާ
"ދަސްތާ" ދައްކާނީ އީދު ދުވަހު 22:30 ގައި
 
މި ޝޯއަކީ ސަގާފީ މިއުޒިކާއި ލަވަތައް ކުރިއަރުވާ އާލާކުރުމުގެ މަގުސަދުގައި ރާއްޖެޓީވީން އިންތިޒާމްކޮށްގެން ބާއްވާ ޝޯއެއް

ފިތުރު އީދުދުވަހު ރާއްޖެޓީވީން ދެއްކުމަށް ހަމަޖެހިފައިވާ ހާއްސަ ޝޯ "ދަސްތާ" ދައްކާނީ އީދު ދުވަހު 22:30 ގައި ކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވެއްޖެއެވެ.

އީދު ދުވަހުގެރޭ ރާއްޖެޓީވީން ދެއްކުމަށް ނިންމާފައިވާ ޝޯއާ ބެހޭ ގޮތުން އާމިރު ވިދާޅުވީ މި ޝޯއަކީ ސަގާފީ މިއުޒިކާއި ލަވަތައް ކުރިއަރުވާ، އާލާކުރުމުގެ މަގުސަދުގައި ރާއްޖެޓީވީން އިންތިޒާމްކޮށްގެން ތައްޔާރުކުރި ޝޯއެއް ކަމަށެވެ.

ޅެންވެރިންގެ މޮޅެތި ޅެންތައް މި ޝޯގައި ފެނިގެން ދާނެ ކަމަށް އާމިރު ވިދާޅުވިއެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ އަލްމަރުހޫމާ ހޯރަފުށީ ފަރީދާ އާއި އަލްމަރުހޫމާ ޖޭމް ދޮންކަމަނަ އާއި އަލްމަރުހޫމް ނައިފަރު ދޮހޮއްކޮގެ ލަވަތައް މި ޝޯގައި ފެނިގެންދާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އަދި އެބޭފުޅުން އެލަވަތައް ކިޔާފައިވާ ރާގުތަކަށާއި މިއުޒިކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޝޯގައި ވޭލާ ސަގާފީ ބޭންޑުގެ އިތުރުން އެހެނިހެން މަޝްހޫރު ބައެއް ފަންނާނުން ފެނިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް