ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 13:40
އިރާނުން ސައުދީ އަރަބިއްޔާ އަށް ހަމަލާދީފާނެކަމުގެ ބިރު އެބައޮތްކަމަށް ރިޕޯޓުކުރުމާ އެކު މަޑުން ނޯންނާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައި
އިރާނުން ސައުދީ އަރަބިއްޔާ އަށް ހަމަލާދީފާނެކަމުގެ ބިރު އެބައޮތްކަމަށް ރިޕޯޓުކުރުމާ އެކު މަޑުން ނޯންނާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައި
އަލްޖަޒީރާ
އިރާނުން ސައުދީއަށް ހަމަލާދީފާނެކަމުގެ ބިރު
އިރާނުން ސައުދީ އަށް ހަމަލާދީފާނެކަމުގެ ބިރު، އެމެރިކާ އިން ބުނަނީ މަޑުން ނޯންނާނެކަމަށް
އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ މިއީ އެއްވެސް ހެތްކެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައި
އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން ވަނީ އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކުގެ ދިފާއުގައި މަސައްކަތްކުރަން އެގައުމުން ފަސްނުޖެހޭނެ ކަމަށް ބުނެފައި
އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން ބުނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމަށް އަސްކަރީ ގުޅުންތައް ސައުދީ އާ އެކު ބާއްވަމުންދާކަމަށް

އިރާނުން ސައުދީ އަރަބިއްޔާ އަށް ހަމަލާދީފާނެކަމުގެ ބިރު އެބައޮތްކަމަށް ރިޕޯޓުކުރުމާ އެކު މަޑުން ނޯންނާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން އިރާނުން ސައުދީ އަށް ހަމަލާދީފާނެކަމަށް ބިރު އެބައޮތްކަމަށް ރިޕޯޓުކުރުމާ އެކު އެމެރިކާ އިން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ސައުދީ އަށް ހަމަލާދީފި ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަސްނުޖެހޭނެކަމަށް ބުނެފައެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމަށް އަސްކަރީ ގުޅުންތައް ސައުދީ އާ އެކު ބާއްވަމުންދާކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ އިންޓެލިޖެންސް ޗެނަލްތަައް މެދުވެރިކޮށް ވެސް އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ކައުންސިލުން ވަނީ އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކުގެ ދިފާއުގައި މަސައްކަތްކުރަން އެ ގައުމުން ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.

އިރާނުން ސައުދީ އަށް ހަމަލާދީފާނެކަމުގެ ބިރު އޮތްކަމަށް ސައުދީން އެމެރިކާ އާ އެކު ހިއްސާކުރިކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ވޯލް ސްޓްރީޓް ޖާނަލްގައެވެ.

މިވާހަކަތަކާ ގުޅިގެން އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ މިއީ އެއްވެސް ހެތްކެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އިރާން އާ އެގައުމުގެ އަވައްޓެރި ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ކުރާކަމެއް ކަމަށް ވެސް ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް