ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 22:18
ރައީސީ
ރައީސީ
ރޮއިޓާސް
އީރާންގެ މައްސަލަ
ރައީސީ ބައިޑެން އަށް: އީރާން އޮތީ މާކުރިން މިނިވަންވެފައި
އީރާންގެ ވެރިރަށް ތެހްރާން ހިމެނޭހެން 40 ސިޓީއެއްގައި މުޒާހަރާތައް ކުރިއަށް އެބަދޭ
1979 ވަނަ އަހަރުން ފެށިގެން އީރާން އޮތީ މިނިވަންކޮށް ކަމަށް ރައީސީ ވިދާޅުވި

އީރާން އޮތީ މާ ކުރީއްސުރެން މިނިވަންކޮށް ކަމަށް ވިދާޅުވެ އިރާންގެ ރައީސް އިބްރާހީމް ރައީސީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އީރާން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެ ބައިޑެން ބުރާސްފަތި ދުވަހު ދައްކަވާފައިވާ ވާހަކަފުޅާއި ގުޅިގެން ރައީސީ ވިދާޅުވީ 1979 ވަނަ އަހަރުން ފެށިގެން އީރާން އޮތީ މިނިވަންކޮށްފައި ކަމަށެވެ. އެއީ އޭރު ކުރިއަށް ދިޔަ އިސްލާމީ އިންގިލާބީ ހަރަކާތްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ މީގެ ސާޅީސް ތިން އަހަރު ކުރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސީ މިފަދައިން ވިދާޅުވީ އީރާންގެ ޓީވީ މެދުވެރިކޮށް ލައިވްކުރި ސްޕީޗެއްގައެވެ. އީރާން ސަރުކާރާއި ދެކޮޅަށް މިހާރު ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު އެކަމުގެ ފަހަތުގައި ތިބި ބަޔަކީ އެމެރިކާ ކަމަށް މީގެ ކުރިން ވެސް ރައީސީ ވަނީ ވިދާޅުވެފައެވެ. އަދި ރައީސީ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާ އަށް ފާޑު ވިދާޅުވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފާއިތުވި 6 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 224 މީހުން މަރުވެ އެތައް ސަތޭކަ މީހުން ނަށް ބޮޑެތި އަނިޔާތައް ލިބެމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އީރާންގައި މިމުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށްދާތާ އެތައް ދުވަހެއް ވެފައިވާއިރު އެގައުމުގެ ވެރިރަށް ތެހްރާން ހިމެނޭހެން 40 ސިޓީއެއްގައި މުޒާހަރާތައް ކުރަމުންދާކަން ފާހަަގަކޮށްލެވެއެވެ. އަދި އީރާންގެ ސަލާމަތީ ބާރުތަކުން މުޒާހަރާތައް ހުއްޓުވުމަށް ނަހަމަ ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހަމަނުޖެހުންތައް ހައްތާދަނީ ގޯސްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް