ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 18:49
އެސްއޯއީ ކޮމެޓީ
އެސްއޯއީ ކޮމެޓީ
ރައްޔިތުންގެ މަޖިލިސް
ކަރަންޓުގެ އަގު ހަމަހަމަކުރުން
ކަރަންޓުގެ އަގު ހަމަހަމަކުރުން، ކޮމިޓީގެ އުންމީދަކީ އަންނަ އަހަރު އުސޫލުތައް ކަނޑައެޅުން
ރަށްރަށާއި މާލޭގެ ކަރަންޓުގެ އަގު އެއްހަމަކުރާނަމަ ދެ ކުންފުންޏަށް 80 މިލިއަނާ ގާތަށް ގެއްލުންވާނެކަމަށް ކުންފުނިތަކުން ބުނޭ
ޓެރިފް ރޭޓް، 2023 ޖޫން މަހުގެ ނިޔަލަށް ހަމަހަމަކުރުމަށް ވަނީ ހުށަހަޅާފައި

ރަށްރަށާއި މާލޭގެ ގޭބިސީތަކުން ޔުނިޓަކުން ނަގާ އަގު އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ކުރެވޭނެކަމަށް ގަބޫލުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވައިފިއެވެ.

ބުދަ ދުވަހު އެސްއޯއީ ކޮމިޓީގައި އޮތީ، ގޭބިސީތަކުން ނަގަމުން އައި އަގު އެއްހަމަކުރިނަމަވެސް އަދިވެސް ވިޔަފާރިތަކުން ނަގާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރުމާއެކު އެ ފަރަގުތައް ނައްތާލައި، އެކަން ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރުގެ މަސައްކަތެވެ. އެ ގަރާރާ ގުޅިގެން ކޮމިޓީ މަރުހަލާގައި މެމްބަރުން ވަނީ 3 ހުށަހެޅުމެއް ފާސްކުރައްވާފައެވެ.

އެގޮތުން ބުދަ ދުވަހު މި މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ހުށަހަޅާފައިވާ 3 ހުށަހެޅުމެއް ފާސްކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، އެކި މޮޑެލްތަކާއި އެކިއެކި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ކުރާ މަސައްކަތް ދެނެގަނެ، ޓެރިފަށް ކުރާ އަސަރު ދިރާސާކުރުމާއި، މާލެއާއި ރަށްރަށުގައި ޓެރިފް ރޭޓް 2023 ޖޫން މަހުގެ ނިޔަލަށް ހަމަހަމަ ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ދެވަނަ ހުށަހެޅުން، ކަރަންޓް ދިނުމަށް ދޭ ސިސްޓަމްގެ ފެންވަރު ރަނގަޅުކުރުމާއި ޚަރަދު ކުޑަކުރުމުގެ އިތުރުން ހަކަތަ ގިނައިން އުފައްދަން ހުށަހަޅާފައިވާއިރު، ބިލްކުރުމުގައި ހުރި ތަފާތުކުރުންތައް ދެނެގަންނަންވެސް ވަނީ ހުށަހަޅާފައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިނުގެންއިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ އެސްއޯއީ ކޮމިޓީ ދޫކުރައްވައި ވަޑައިގަތީއެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި، ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތާމެދު ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ، ސިޔާސީ މަގުސަދެއްގައި އެ މަސައްކަތް އަވަސްކުރާކަަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

މަޖިލީހަށް މި މައްސަލައިގައި ހުށަހެޅުއްވި ގަރާރަކީ، ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ދެކުންފުނި ކަމުގައިވާ ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި، ބޭންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، ބޭންޑާއި ރޭޓް ހަމަހަމަކުރުމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.އެހެންނަމަވެސް ރަށްރަށާއި މާލޭގެ ކަރަންޓުގެ އަގު އެއްހަމަކުރާނަމަ ދެ ކުންފުންޏަށް 80 މިލިއަނާ ގާތަށް ގެއްލުންވާނެކަމަށް ބުނެ އެ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް