ކ. މާލެ
|
23 ޖޫން 2017 | ހުކުރު 12:56
ޓިއުބްލައިޓް ވާހަކަ
ޓިއުބްލައިޓް ވާހަކަ
ގޫގުލް
ޓިއުބްލައިޓް
"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި
މިފިލްމުގައި ލަކްސްމަން އަކީ ވަރަށް މައުސޫމު ރަނގަޅު މީހެއް

 މިއަހަރު ގިނަ ބަޔަކު ފިލްމަކަށް އިންތިޒާރުކުރަމުން އައި އެއްފިލްމު ކަމަށްވާ "ޓިއުބްލައިޓް" ސިނަމާތަކުގައި ހުކުރު ދުވަހުގައި އަޅުވައިފިއެވެ.

"ޓިއުބަލައިޓް" އެޅުވުމާއެކު އެ ފިލްމަށް ދަނީ ތައުރީފުތައް އޮހެމުންނެވެ. އެގޮތުން ޓްވިޓާގައި އެ ފިލްމް ބެލިމީހުން ދަނީ ސަލްމާންޚާން އެ ފިލްމުގައި ދައްކާފައިވާ މޮޅު ހުނަރަށް ސާބަސް ދެމުންނެވެ.

ރޮއްވާލާ މިންވަރަށް ފިލްމުގެ އަސަރު ގަދަކަމުން ބައެއް މީހުން ބުނެފައިވަނީ ޓިޝޫއެއް ހިފައިގެން ފިލުމް ބަލަށް ދިއުމަށެވެ. 

ބައެއް މީހުން ބުނެފައި ވަނީ އަދިވެސް ޓިއުބްލައިޓް ބަލަށް ބޭނުންވާ ކަމަށާއި އެތައް ފަހަރަކު ބަލަން ބޭނުން ވާކަމަށެވެ. 

ޓިއުބްލައިޓް ސިނަމާތަކަށް އައިތާ އަދި 24 ގަޑިއިރުވެސް ނުވެއެވެ. އެހެން ކަމުން އަދި އެ ފިލްމު ވައިގައި ހިފިކަމެއް ނުވަތަ ނޫންކަމެއް ބުނަން މާ އަވަސް  ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ. 

ޓިއުބްލައިޓް" އަކީ ހިމާލިޔާ ބޯޑަރާ ހެދި އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާއި ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް